ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ބޯހިމެނުން 2022 އަށް ތައްޔާރުކުރުމުގެ ގޮތުން ހިންގާ މެޕިންގ އެކްސަސައިޒަށް އެނިއުމަރޭޓަރުން ހޯދުމާއިބެހޭ

އިޢުލާން

ބޯހިމެނުން 2022 އަށް ތައްޔާރުކުރުމުގެ ގޮތުން ހިންގާ މެޕިންގ އެކްސަސައިޒަށް އެނިއުމަރޭޓަރުން ހޯދުމާއިބެހޭ

 

          ބޯހިމެނުން 2022 އަށް ތައްޔާރުވުމުގެ ގޮތުން ބޯހިމެނުމުގައި ބޭނުންކުރެވޭ ބްލޮކް މެޕްތައް ތައްޔާރުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވުމަށް 30 އެނިއުމަރޭޓަރުން ބޭނުންވެއެވެ. މިމަސައްކަތް ކުރިއަށްދާނީ 30 މާރިޗުން 5 އޭޕްރީލް 2021 ގެ ނިޔަލަށެވެ. މިމަސައްކަތަކީ ކޮންމެ ދުވަހަކު ފީލްޑަށް ނުކުމެ، ހަވާލުކުރެވޭ ޗާޓުގައިވާ ތަންތަން ފާހަގަކުރުމަށްޓަކައި ކުރާ މަސައްކަތެކެވެ.

 

          މިސާރވޭގައި ބައިވެރިވެވޭނީ ޖީ.ސީ.އީ އޯ ލެވަލް ފެންވަރަށް ތައުލީމް ހާސިލް ކޮށްފައިވާ އަދި އުމުރުން 18 އަހަރާއި 45 އަހަރާއި ދެމެދުގެ މީހުންނަށެވެ. މިގޮތުން ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. މީގެ އިތުރުން، ބޯހިމެނުން ނުވަތަ މިފަދަ ސަރވޭއެއްގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ މީހުންނަށް އިސްކަން ދެވޭނެއެވެ.

 

          މިއީ 5 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދެވޭ ހަރަކާތެކެވެ. އަދި ކޮންމެ ދުވަހެއްގެ ހެދުނު 8:00 އަކުން ހަވީރު 6:00 އަކަށް މިމަސައްކަތް ކުރިއަށް ގެންދެވޭނެއެވެ. މިމަސައްކަތުގައި ހޭދަކުރާ ދުވަސްތަކުގައި ދުވާލަކު -/500ރ ގެ މަގުން އެލަވަންސެއް ދެވޭނެއެވެ. އަދި ފޯނު އެލަވަންސްގެ ގޮތުގައި ދުވާލަކު 10/-ރ އަދި ފުޑް އެލަވަންސްގެ ގޮތުގައި ދުވާލަކު 100/-ރ ދެވޭނެއެވެ.  

 

          މިސަރވޭގެ މަސައްކަތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިބިއުރޯގެ ވެބްސައިޓްގައިވާ(http://statisticsmaldives.gov.mv/surveyapplication/mapping)  ލިންކު މެދުވެރިކޮށް 23 މާރިޗު 2021 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން ފޯމް ހުށަހެޅުއްވޭނެއެވެ.

 

          މިސަރވޭގެ ކަންތައްތަކާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ މިބިއުރޯގެ ނަންބަރ 3008408 /  3008416އަށް ގުޅުއްވުން އެދެމެވެ.

17 މާރިޗު 2021
ހޯދާ