އޮޅުވެލިފުށި ސްކޫލް
ދިވެހިރާއްޖެ
އެސިސްޓެންޓް ލައިބްރޭރިއަން އެއް ހޯދުމަށް

މަޤާމް :އެސިސްޓެންޓް ލައިބްރޭރިއަން
ބޭނުންވާ އަދަދު :1

`

 

 

އޮޅުވެލިފުށި ސްކޫލް

  ޅ.އޮޅުވެލިފުށި     

ނަންބަރު:GS-140/2021/I/03

އިޢުލާނު

 

މަޤާމު:

އެސިސްޓެންޓް ލައިބްރޭރިއަން

މަޤާމުގެ ނަންބަރު:

J-273593

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީ.އެސް 4

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އޮޅުވެލިފުށި ސްކޫލް

މުސާރަ:

5020.00 (ފަސް ހާސް ވިހި ރުފިޔާ)

ސަރވިސް އެލަވަންސް:

1500.00 (ފަނަރަ ސަތޭކަ ރުފިޔާ)

އެހެނިހެން އެލަވަންސް:

ސަޕޯޓިންގ ކޯ އެލަވަންސް 2: 700.00 (ހަތް ސަތޭކަ ރުފިޔާ)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 

  • ސްކޫލުގެ ކިޔެވުން އޮންނަ ދުވަސްތަކުގައި ދަރިވަރުން ލައިބްރަރީއަށް އައުމުގެ ކުރިން ފޮތްތައް ތަރުތީބުކޮށް ހެދުން.
  • ލައިބްރަރީގެ ފޮތްތަކުގެ އިންވެންޓްރީ ބެލެހެއްޓުން.
  • ލައިބްރަރީން ދަރިވަރުންނާއި ޓީޗަރުންނަށް ފޮތް ދޫކުރުމާއި ގެނައުމަށް ފޮތެއް ހަދައި، ފޮތް ދޫކުރުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުން.
  • ދަރިވަރުންނަށް ދޫކުރެވޭ ފޮތްތަކުގެ ރެކޯޑު ބަލަހައްޓައި، ހަލާކުވާ ފޮތާއި، ގެއްލުވާލާ ފޮތްތަކުގެ ބަދަލު ހޯދުން.
  • ލައިބްރަރީއަށް ބޭނުންވާ ދާއިރާތަކުގެ ފޮތްތައް ބަލައި، އިތުރަށް ބޭނުންވާ ފޮތްތައް ހޯދުމަށް އޮފީހަށް ހުށަހެޅުން.
  • ލައިބްރަރީގައި ދަރިވަރުން ފޮތްކިޔަން ތިބޭނޭ ރަނގަޅު އިންތިޒާމެއް ޤާއިމުކުރުން.
  • ލައިބްރަރީގެ ސާފުތާހިރުކަން ބަލަހައްޓައި، އެކަންތައް ދަރިވަރުންނާއި މުވައްޒަފުންނަށް ހިއްސާކުރުން.
  • ލައިބްރަރީގައި ތަފާތު ލިޔުންތަކުގެ ބޯޑުތައް ބަހައްޓައި، މީހުން ޝައުޤުވެރިވާ ތަނަކަށް ހެދުން.

ކޮންމެ 2 ހަފުތާއަކުން 1 ފަހަރު ހަލާކުވެފައިހުރި ފޮތްތައް ބަލައި ލައިބްރަރީ ސްޓޮކުން ފޮތްތައް އުނިކުރުން.

  • ލައިބްރަރީ ފޮތްތައް ކެޓްލޮގް ކޮށްފައި ބެހެއްޓުން.
  • ސްކޫލުގެ އޮފީހާ ގުޅިގެން، ކޮންމެ ތަޢުލީމީ އަހަރެއް ފެށުމާއި ނިމުމާ ދެމެދު ލައިބްރަރީދުވަހެއް ފާހަގަކުރުން.
  • ލައިބްރަރީއަށް ބޭނުންވާ ފަރުނީޗަރާއި އެހެނިހެން ތަކެތި ހޯދުމުގައި ސްކޫލުގެ އޮފީހަށް ޚިޔާލު ހުށަހެޅުން.
  • ލައިބްރަރީގެ އިންވެންޓްރީ ތަޢުލީމީ އަހަރު ނިމުމުގެ 15 ދުވަސް ކުރިން ނަގައި ސްކޫލުގެ އޮފީހަށް ހުށަހެޅުން.
  • ކޮންމެ އަހަރެއްގެވެސް ސްކޫލް ބަޖެޓުގައި ހިމެނުމަށް، ލައިބްރަރީއަށް އަލަށް ބޭނުންވާ ތަކެތީގެ ލިސްޓު، ޖޫންމަހުގެ ސްކޫލުގެ އޮފީހަށް ހުށަހެޅުން. ހަލާކުވި ފޮތާއި އަލަށް ލިބުނުފޮތް އެނގޭނޭގޮތަށް ލިސްޓު ހުށަހެޅުން.
  • ލައިބްރަރީގައި ސްކޫލުގެ ފަރާތުން ބާއްވާ ކަންތައްތަކުގައި ބައިވެރިވެ އެހީތެރިވެދިނުން.
  • ލެންޑިންގ އަދި ރިޓަޔަރިންގ ހުރިހާ މަސައްކަތެއް ކުރުން.
  • އޯވަރޑިއު ފައިސާ ބަލައިގަތުން. އަދި ހަފުތާއަކު އެއްފަހަރު ބަޖެޓް ސެކްޝަނަށް ފައިސާ ހަވާލުކުރުން.
  • އަލަށް ލިބޭ ފޮތްތަކާއި ހަވާލުވުމަށްފަހު، އެފޮތްތަކަށް ގަނޑުލައްވައި އިންވެންޓްރީގައި ލިޔުއްވުން.
  • ލައިބްރަރީ ބަންދުކޮށްފައި ދުރުވާއިރު ހޮޅިބުރިތަކާއި ފަންކާތައް ނިއްވާލައި، ދޮރުތަކުގެ ތަންޑުތައް ޗެކްކުރުން.
  • ލައިބްރަރީއަށް ދާ ދަރިވަރުންނާއި، މުވައްޒަފުން ލައިބްރަރީގައި ހުންނަ ފޮތްތަކަށް ގެއްލުމެއް ވާކަހަލަ ކަމެއް ކުރިކަން އެނގިއްޖެނަމަ، ގަވާއިދުން ފިޔަވަޅު އަޅައި، ސްކޫލުގެ އޮފީހަށް އެންގުން.
  • ލައިބްރަރީގައި ހުންނަ ފޮތްތައް ގިނަދުވަހަށް ދެމިހުންނާނޭ ގޮތްތައް ހޯދައި އެކަންތައްތައް ކުރުން.
  • މަސައްކަތުގެ މާޙައުލުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ސްކޫލުގެ ވެރިންނާ ވާހަކަ ދައްކައިގެން ހައްލުކުރުން.
  • މަދަރުސާގެ ވެރިންނާއި، ބެލެނިވެރިންނާއި، މުދައްރިސުންނަށް އިޙުތިރާމާއި ޤަދަރުކުރުން.   
  • މަދަރުސާގެ ރައްކައުތެރިކަމާއި، ފަރުނީޗަރުތަކާއި، ތަކެތީގެ ރައްކައުތެރިކަމަށް ވިސްނައިގެން މަސައްކަތްކުރުން.
  • ވަޒީފާގެގޮތުން ހަވާލުކުރެވޭ މަސައްކަތްތައް ފަރުވާތެރިކަމާއެކު ކުރުން. އަދި ދުވަހުން ދުވަހަށް މަސައްކަތްތައް ނިންމުން.
  • މަދަރުސާގެ ރަސްމީ ގަޑީގައި ހަމަޖެހިފައިވާ ގަވާއިދާ އެއްގޮތަށް ވަޒީފާގެ މަސައްކަތުުގައި ގިނަވަގުތު ހޭދަކުރުން.
  • މަދަރުސާގެ ރަސްމީ ގަޑިތަކުގައާއި ނުރަސްމީ ދުވަސްތަކުގައި މަދަރުސާއިން ބާއްވާ ޖަލްސާތަކާއި ބައްދަލުވުންތަކަށް ހާޒިރުވުމާއި، އިޖުތިމާޢީ މަސައްކަތްތަކާއި، މަސައްކަތުދުވަސްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
  • ސިވިލް ސަރވިސް ކޮމިޝަންގެ ގަވާއިދުތަކާއި، މަދަރުސާގެ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން.
  • ސްކޫލުގެ މަޤްޞަދުތައް ހާސިލުކުރުމުގައި، ސްކޫލުން ކުރަންޖެހޭ ކަންތައްތަކުގައި، ސްކޫލާ އެއްބާރުލުން ދިނުން.
  • ސްކޫލުގައި ބޭއްވޭ އެކިއެކި މުނާސަބަތުތަކަށް ސްކޫލް ތައްޔާރުކުރުން ފަދަ ހުރިހާ މުވައްޒަފުން ބައިވެރިވެގެން ކުރާ މަސައްކަތް ހަވާލުކުރެވިއްޖެނަމަ، ވެރިން އަންގަވާ ގޮތެއްގެ މަތިން އެކަމެއް ކުރުން.
  • އަމިއްލަ ޤާބިލުކަން އިތުރުކުރުމަށް މަސައްކަތްކުރުން.
  • މީގެ އިތުރުން ސްކޫލުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކްނޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

'މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރި ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރި ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

 ބިޒްނަސް އެޑްމިނިސްޓްރޭޝަން

 ބިޒިނަސް މެނޭޖްމަންޓް

 ލައިބްރަރީ ސައިންސް

 ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

މަގާމަށް ކަނޑައަޅާފައިވާ  ޕްރިފާރޑް ޑިސިޕްލިން

 

ނެތް

 

 މަގާމަށް ކަނޑައަޅާފައިވާ ކޯ ޑިސިޕްލިން

 ލައިބްރަރީ ސައިންސް

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

 ލައިބްރަރީ ސައިންސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި (http://www.csc.gov.mv/download/2249) ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

- ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 މާރިޗް 2021 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، އޮޅުވެލިފުށީ ސްކޫލުއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2021 މާރިޗް 25 އާއި 30 އާ ދެމެދު، އޮޅުވެލިފުށި ސްކޫލު ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620832 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

03 ޝައުބާން 1442

16 މާރިޗް 2021

16 މާރިޗު 2021
ހޯދާ