ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. މަޑަވެލީ ޖެޓީ ސަރަޙައްދުން

ގދ. މަޑަވެލީ ޖެޓީ ސަރަޙައްދުން " ޢާންމު ވިޔަފާރި ކުރުމަށް، ފިހާރަ ހެދުމަށާއި އަދި ގުދަން ހެދުމަށް" ބިޑް ހުށަހެޅުމަށް ކުރެވުނު މިއިދާރާގެ އިޢުލާންތަކާއި އަދި އެއިޢުލާންތަކާއި ގުޅިގެން މިހާތަނަށް ހުށަހަޅާފައިވާ ހުރިހާ އަންދާސީ ހިސާބުތައް ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ގދ.މަޑަވެލީ ޖެޓީ ސަރަޙައްދުން " ޢާންމު ވިޔަފާރި / ފިހާރަ ހެދުމަށް / ގުދަން ހެދުމަށް" ބިން ކުއްޔަށް ދޫކުރުމަށް ފުރުޞަތު ހުޅުވާލުން.

ގދ. މަޑަވެލީ ޖެޓީ ސަރަޙައްދުން (ނަމިރާ އާއި ވެލިރެސް ގޯތީގެ އިރުމަތިން) " ޢާންމު ވިޔަފާރި ކުރުމަށް، ފިހާރަ ހެދުމަށާއި އަދި ގުދަން ހެދުމަށް " 1000 (އެއްހާސް) އަކަފޫޓްގެ 6 (ހަޔެއް) ބިން ތިރީގައި ބަޔާންކުރެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް، ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

1. ޢާންމު ވިޔަފާރި / ފިހާރަ ހެދުމަށް ވިޔަފާރި އުޞޫލުން ކުއްޔަށް ދޫކުރެވޭ ބިންތަކާއި ބެހޭ މަޢުލޫމާތު:

                 1)            މި އިޢުލާނާއިއެކު، އެޓޭޗް ކުރެވިފައިވާ ކުރެހުމުގައި ފާހަނގަކޮށްފައިވާ ހުސްބިން 1 ން 6 އަށް ނަމްބަރު ޖަހާފައިވާ، ބިންތަކަކީ ކުއްޔަށް ދޫކުރެވޭ ބިންތަކެވެ.

                 2)            ބިންތަކުގެ ބޮޑުމިން: 1000 އަކަފޫޓް

                 3)            ބިން ކުއްޔަށް ދޫކުރެވޭ ބޭނުން: ޢާންމު ވިޔަފާރި ކުރުމަށް، ފިހާރަ ހެދުމަށާއި އަދި ގުދަން ހެދުމަށް

                 4)            ކުލިފެށޭ އަގު: އަކަފޫޓަކަށް، -/1ރ. (އެއްރުފިޔާ)

                 5)            އަގު ހުށަހަޅާ ފޯމުގައި (އަކަފޫޓަކަށް) -/1ރ. (އެއްރުފިޔާ) އަށްވުރެ މަތީ އަގެއް ހުށަހަޅަންވާނެއެވެ.

                 6)            ކުއްޔަށް ދޫކުރެވޭ މުއްދަތު: 6 (ހަޔެއް) މަސްދުވަސް. (އެލް.ޖީ.އޭ އިން ބިމުގެ މުއްދަތު އިތުރުކުރުމުގެ ހުއްދަ ލިބިއްޖެނަމަ މީލާދީ 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް އެގްރިމެންޓުގެ މުއްދަތު އިތުރު ކުރެވޭނެއެވެ.)

                 7)            ޢާންމު ވިޔަފާރި ކުރުމަށް، ފިހާރަ ހެދުމަށާއި އަދި ގުދަން ހެދުމަށް ދޫކުރާ ބިންތަކުގައި:

(ހ) އެގްރިމެންޓުގައި ސޮއިކުރާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ޢާންމު ވިޔަފާރި ކުރުމަށް، ފިހާރަ ހެދުމަށާއި އަދި ގުދަން ހެދުމަށް ޢިމާރާތް ކުރުމުގެ މަސައްކަތް ފަށަންޖެހޭނެއެވެ.

(ށ) 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މަސައްކަތް ނުފަށާނަމަ، ނުފެށި ލަސްވާ ސަބަބު ބަޔާންކޮށް ލިޔުމުން އެކަން މަޑަވެލި ކައުންސިލަށް ހުށަހަޅަންވާނެއެވެ.

(ނ) އެއްވެސް މަސައްކަތެއް ނުކޮށް 6 (ހައެއް) މަސް ފާއިތުވެއްޖެނަމަ، އެފަރާތަކަށް ދެވުނު ބިމަށް މަހުކުލި ދައްކާފައިވީނަމަވެސް ކުއްޔަށްދެވުނު ބިން ބާޠިލް ވާނެއެވެ.

                 8)            ބިން ކުއްޔަށް ހިފާފަރާތުން މިބިން ބޭނުންކުރަންވާނީ ހަމައެކަނި ޢާންމު ވިޔަފާރި ކުރުމަށް، ފިހާރަ ހެދުމަށާއި އަދި ގުދަން ހެދުމުގެ މަސައްކަތް ކުރުމަށެވެ. އަދި  އެހެން ބޭނުމަކަށް އެއްގޮތަކަށްވެސް މި ބިން ބޭނުން ކޮށްގެން ނުވާނެއެވެ.

                 9)            މި ބިމުގައި ކުރާ މަސައްކަތުގައި އުފެދޭ ކުނި ރައްކާތެރިގޮތުގައި ނައްތާލަންވާނެއެވެ. އެއްވެސް ޙާލަތެއްގައި ބިމުގައި ވަށައިގެންވާ ހުސް ބިމަށް ކުނިއަޅައިގެން ނުވާނެއެވެ. މީގެ އިތުރުން ޢިމާރާތުގެ މަގުމައްޗަށްވާ ސަރަޙައްދުގެ ކުނިކަހައި ސާފުތާހިރުކުރަންވާނެއެވެ.

            10)            މި ބިމުގައި ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާއި ޚިލާފު އެއްވެސް ކަމެއް ނުވަތަ ޢަމަލެއްވިއަސް ކޮށްގެން ނުވާނެއެވެ.

            11)            މިބިންތަކަށް 'އަގު ހުށަހަޅާ ފޯމު' އަދި ބިމުގެ ކުރެހުން 2021 މާރޗް 17 ވަނަ ދުވަހުން ފެށިގެން 2021 މާރޗް 24 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ފެށިގެން މެންދުރު 12:00 އަށް މަޑަވެލި ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

            12)            'އަގު ހުށަހަޅާ ފޯމު' އެއްގެ އަގަކީ -/100ރ (އެއްސަތޭކަ ރުފިޔާ) އެވެ.

            13)            އަގު ހުށަހަޅަންވާނީ މިކައުންސިލުން ތައްގަޑު ޖަހާފައިވާ 'އަގު ހުށަހަޅާ ފޯމު' ގައެވެ. އެނޫންގޮތަކަށް ހުށަހަޅާ ބިޑްތައް ބަލައެއްނުގަނެވޭނެއެވެ.

            14)            ބިން ކުއްޔަށް ދިނުމުގައި އިސްކަންދޭނީ ބިންތަކަށް އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތްތަކަށް އިސްކަންދޭ ތަރުތީބުންނެވެ.

(ހ) އެއް ބިމަކަށް އެއްފަރާތަށްވުރެ ގިނަ ފަރާތްތަކުން އަގު ހުށަހަޅާފައިވާނަމަ، އެ ބިން ކުއްޔަށް ދެވޭނީ އެންމެ ބޮޑު އަގެއް ހުށަހަޅާފައިވާ ފަރާތަކަށެވެ.

(ށ) ވަކި ބިމެއް ކަނޑައެޅުމެއްނެތި، އަގު ހުށަހަޅާފައިވާނަމަ، ބިން ކުއްޔަށް ދެވޭނީ ކުއްޔަށް ހިފާނެ އަގު ހުށަހަޅާފައިވާ ތަރުތީބުން އެންމެ ބޮޑު އަގެއް ހުށަހަޅާފައިވާ ފަރާތަކަށެވެ.

(ނ) އެއް ފަރާތަކަށް 1 (އެކެއް) ބިމަށްވުރެ ގިނަ ބިމަށްވެސް އަގު ހުށަހެޅިދާނެއެވެ. ނަމަވެސް ކޮންމެ ބިމަކަށްވެސް ވަކިވަކިން ' އަގު ހުށަހަޅާ ފޯމު ' ހުށަހަޅަންވާނެއެވެ.

(ރ) ބިން ކުއްޔަށް ދޫކުރެވޭނީ، ހުށަހެޅޭ އަގުތަކުގެ ތެރެއިން މަޑަވެލި ކައުންސިލް އިދާރާގެ ބިޑް އިވެލުއޭޓް ކޮމިޓީއިން ހުށަހަޅާފައިވާ އަގަށް ބަލައި ކަނޑައަޅާ ފަރާތްތަކަށެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2021 މާރޗް 24 ވަނަ ދުވަހުގެ މެންދުރުފަހު 13:30 އަށް މަޑަވެލި ކައުންސިލްގެ އިދާރާއަށް އަގު ހުށަހަޅާ ފޯމުން އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅާ ފޯމު ހުށަހަޅަންޖެހޭ ވަގުތަށް ވަޑައިނުގެންނެވޭ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 މާރިޗު 2021
ހޯދާ