މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އިޢުލާން

މަސްވެރިކަންތަރައްޤީކޮށް ކުރިއެރުވުމަށް މިނިސްޓްރީގެ ފަރާތުން 1992 ގައި ދޫކޮށްފައިވާ އިންޖީނު ލޯނާއި 1997 ގައި ދޫކޮށްފައިވާ މޯފާ އުޅަނދު ލޯނާއި ގުޅޭ

 

 

ރާއްޖޭގެ މަސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުމުގެ ގޮތުން 1992 އިން 2001 އަށް ކުރިއަށް ގެންގޮސްފައިވާ އިންޖީނު ލޯނު ޕްރޮގްރާމުގެ ދަށުން އިންޖީނު ދޫކޮށްފައިވާ ފަރާތްތަކުގެ ލޯނާއި، 1997 އިން 2002 ވަނަ އަހަރުގެ ނިޔަލަށް ދިގުމުއްދަތުގައި (10 އަހަރު ދުވަހުން) އަގު އަދާކުރާ ގޮތަށް، ލޯނުގެ ގޮތުގައި ދޫކޮށްފައިވާ މޯފާ ދޯނި (މަސް ދޯނި) ލޯނު ނަގާފައިވާ ފަރާތްތަކުން އިންޖީނު ނުވަތަ މޯފާ ދޯނި ބޭނުންކުރަމުންދާގޮތާއި ގުޅޭގޮތުން މިމިނިސްޓްރީގެ ފަރާތުން މިދަނީ މަޢުލޫމާތު އެއްކުރަމުންނެވެ.

އިސްވެދެންނެވުނު ދެ ލޯނު ދޫކުރުމަށްފަހު ގިނަ ދުވަސްތަކެއް ފާއިތުވެފައިވާތީވެ، އަދި ލޯނު ނަގާފައިވާ ފަރާތްތަކުގެ ދިރިއުޅޭ އެޑްރެހާއި ފޯނު ނަންބަރު ފަދަ މުޙިއްމު މަޢުލޫމާތު ބަދަލުވެފައިވާތީވެ، މިފަރާތްތަކާއި މުޢާމަލާތު ކުރުމަށްވަނީ ދަތިވެފައެވެ. ވީމާ، މިދެލޯނު ނަގާފައިވާ ފަރާތްތަކުން މި މިނިސްޓްރީ އަށް 3339233 ނަންބަރު ފޯނަށް ގުޅުއްވައި އެފަރާތްތަކުގެ މަޢުލޫމާތު އަދާހަމަކުރެއްވުމަށް ދެންނެވީމެވެ.

16 މާރިޗު 2021
ހޯދާ