ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް
ދިވެހިރާއްޖެ
އައި.ޓީ އިކްއިޕްމަންޓް ގަތުމަށް ބޭނުންވެއްޖެ

އަންދާސީ ހިސާބުބޭނުންވެއްޖެ

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒަށް ބޭނުންވާ ތިރީގައި މި ދަންނަވާ އައި.ޓީ އިކްއިޕްމަންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

#

އާސާރީ ތަން ނުވަތަ މިސްކިތް

އަދަދު

1

i7 10th Gen Computer System

5

2

i7 10th Gen CPU

2

3

24” Full HD Monitor

2

މި ތަކެތި ސަޕްލައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 16 މާރިޗް 2021 ވާ އަންގާރަ ދުވަހުން ފެށިގެން 22 މާރިޗް 2021 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން [email protected] އަށް މިއިއުލާނާއެކު އެޓޭޗް ކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި ކަމާގުޅޭ މަޢުލޫމާތު ކަރުދާހާއި ބީލަން ފޮތް ގެޒެޓްގެ އެޓޭޗްމަންޓްގައި އެޓޭޗްކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 29 މާރިޗް 2021 ވާ ހޯމަ ދުވަހު 13:00 ގައި ޤައުމީ ދާރުލްއާސާރުގެ މީޓިން ރޫމުގައެވެ. ރަޖިސްޓްރީކުރަން ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ވީމާ، މިތަކެތި ސަޕްލައި ކޮށްދިނުމަށް ޝައުޤުވެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ. 

މަސައްކަތާއި ގުޅޭ އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމެންޓް ޔުނިޓް

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު

ޤައުމީ ދާރުލްއާސާރު 

ޗާންދަނީމަގު، މާޅެ، ދިވެހިރާއްޖެ

ފޯން: 3340202 / 3323206

އީ-މެއިލް: [email protected]

ކޮޕީ މެއިލް: [email protected]

 

 

‏03 ޝަޢުބާން 1442

16 މާރިޗް 2021

16 މާރިޗު 2021
ހޯދާ