ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
ސްޓޫޑެންޓްސް އެންވަޔަރަންމެންޓް ޕްރޮގްރާމުގެ ދަށުން އެކުއަރ ފޯނިކް ސިސްޓަމް ގާއިމްކުރުން

ސްޓޫޑެންޓްސް އެންވަޔަރަންމެންޓް ޕްރޮގްރާމުގެ ދަށުން އެކުއަރ ފޯނިކް ސިސްޓަމް ގާއިމްކުރުން

  1. ސްޓޫޑެންޓްސް އެންވަޔަރަންމެންޓް ޕްރޮގްރާމުގެ ދަށުން މިސްކޫލުގެ ދަރިވަރުން ހުށަހެޅި ޕްރޮޕަރސަލަކަށް މިނިސްޓްރީ އޮޕް އެންވަރަމެންޓް އިން ދެއްވާފައިވާ ބަޖެޓުން، އެކުއަރ ފޯނިކް ސިސްޓަމެއް ގާއިމް ކުރުމަށް ބޭނުންވެއްޖެއެވެ. ވީމާ ބީލާން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
  2. މިޕުރޮޖެކްޓަށް ބީލަންހުށަހެޅޭނީ މިނިސްޓްރީ އޮފް އެކޮނޮމިކްސް ޑިވޮލަޕްމެންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. އަދި މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
  3. މިޕުރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 16 މާރިޗު 2021 ން 22 މާރިޗު 2021 14:00 ގެ ކުރިން އިއުލާންގައި އެއްކަރުދާސްކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރިހަމަކުރުމަށް ފަހު ތިރީގައިވާ ލިންކު މެދުވެރިކޮށް ހުށަހެޅުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. މިމަސައްކަތާއިބެހޭ އެއްވެސް ސުވާލެއްވާނަ 2021 މާރިޗު 23 ވަނަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  5. ބިޑް ހުށަހެޅުމާއި، ބިޑް ހުޅުވުން އޮންނާނީ 2021 މާރިޗު 30 ވާ އަންގާރަ ދުވަހުގެ 11:00 ގައި  ރެހެންދި ސްކޫލުގެ ފައިސާއާބެހޭބައިގައެވެ.
  6. އިއުލާނާއި އެކު މިމަސައްކަތުގެ ރެޖިސްޓްރީ ފޯމް އަދި ބީލަންފޮތް (ޖަދުވަލްތަކާއެކު) އެއްކަރުދާސް ކުރެވިފައިވާނެއެވެ.
  7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ރެހެންދި ސްކޫލް ފައިސާއާބެހޭބައި

ފޯން:  3359902، 3359900

އީ-މެއިލް: [email protected]

 

16 މާރިޗު 2021

16 މާރިޗު 2021
ހޯދާ