އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
03 އޮޓަމެޓިކް ބެރިއަރ ގޭޓް ސަޕްލައި ކޮށް އިންސްޓޯލް ކޮށްދޭނޭ ފަރާތެއް ހޯދުމަށް

ޢިއުލާން

 

 

            އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް 03 އޮޓަމެޓިކް ބެރިއަރ ގޭޓް ސަޕްލައި ކޮށް އިންސްޓޯލް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 16 މާރިޗް 2021 ވާ އަންގާރަ ދުވަހުން ފެށިގެން 25 މާރިޗް 2021  ވާ ބުރާސްފަތި ދުވަހުގެ  މެންދުރުފަހު 13:30  އާއި ދެމެދު [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

މިއިއުލާނާއި ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންފުޅުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 25 މާރިޗް 2021 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މިހޮސްޕިޓަލުގެ ކޮންފަރެންސް ހޯލުގައި ބޭއްވޭނެއެވެ. ރެޖިސްޓްރީ ކުރެއްވުމަށް މެއިލް ކުރައްވާ ފަރާތްތަކުން އިއުލާން ނަމްބަރ އަދި ޕްރޮޖެކްޓްގެ ނަން އީމެއިލްގެ ސަބްޖެކްޓްގައި ޖެއްސެވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 31 މާރިޗް 2021 ވާ ބުދަ ދުވަހުގެ 13:30ގައި މި މިހޮސްޕިޓަލުގެ ކޮންފަރެންސް ހޯލުގައެވެ. ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.  

މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ.

 

16 މާރިޗް 2021

16 މާރިޗު 2021
ހޯދާ