މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މެޑިކަލް ކޮންސިއުމަބަލްސް ރަޖިސްޓްރީ ކުރުމާއި ބެހޭ

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ                                       

 

  މިނިސްޓްރީ އޮފް ހެލްތް

 

    މާލެ، ދިވެހިރާއްޖެ

އިޢުލާން

 

          މެޑިކަލް ކޮންސިއުމަބަލްސް ރަޖިސްޓްރީ ކުރުމަށް  މި އޮތޯރިޓީންކޮށްފައިވާ އިޢުލާން  ( ނަންބަރ: 182-MTG/2020/13 27(IUL) އޮގަސްޓް 27 2020 ) ގައިވާ  މުއްދަތު އިތުރުކޮށްދިނުމަށް އެދި ، ވަރަށް ގިނަ ފަރާތްތަކުން އެދެމުން ގެންދާތީ، މިކަމަށް ތައްޔާރުވުމަށް އިތުރުފުރުސަތު ދިނުމުގެ ގޮތުން ، 06 މަސްދުވަހުގެ މުއްދަތު ) 30 ސެޕްޓެމްބަރ 2021 ގެ ނިޔަލަށް (  އިތުރު ކުރުމަށް ވަނީ ނިންމާފައެވެ.

 

ވީމާ ، މިތާރީޚުން ފެށިގެން މެޑިކަލް ކޮންސިއުމަބަލްސް ރާއްޖެ އިމްޕޯޓްކޮށް އަދި ވިޔަފާރި ކުރެވޭނީ މި އޮތޯރިޓީގައި ރަޖިސްޓްރީކޮށްގެން ކަމުގައި ދެންނެވީމެވެ. އަދި މެޑިކަލް ކޮންސިއުމަބަލްސް އިވެލުއޭޓްކޮށް ރަޖިސްޓްރީ ކުރުމަށް ، މަސައްކަތު 90 ދުވަސް ނާގާނެ ކަމަށްވާތީ ވަގުތު އޮއްވާ ރަޖިސްޓްރޭޝަނަށް ހުށަހެޅުމަށް ވެސް ދެންނެވީމެވެ.

 

        މިކަމާބެހޭ މައުލޫމާތު މިއޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 އިން ލިބިވަޑައިގަންނަވާނެ އެވެ.

16 މާރިޗު 2021
ހޯދާ