އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫ ސިޓީ ހުޅުދޫ މީދޫ މެދު ބަނދަރުގެ ދެކުނު ފަރާތުގެ ނެރު ފުންކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާތީ ވަގުތީގޮތުން ނެރު ބަންދުކުރުން

އިޢުލާން 

އައްޑޫ ސިޓީ ހުޅުދޫ މީދޫ މެދު ބަނދަރަށް ބޮޑެތި ބޯޓު ފަހަރު ވަދެނިކުމެވޭ ގޮތް ހެދުމަށްޓަކައި، ދެކުނު ނެރު ފުންކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ފަރާތުން ކުރުމަށް ހަމަޖެހިފައިވާތީ، 15 މާރޗް 2021 އިން ފެށިގެން މަސައްކަތް ކުރިއަށް ގެންދާ މުއްދަތުގައި މެދުބަނދަރަށް ވަދެނިކުންނަން އޮންނަ ދެކުނު ފަރާތުގެ ނެރު ވަގުތީގޮތުން ބަންދުވާނެ ވާހަކަ ދެންނެވީމެވެ. އަދި މިމުއްދަތުގައި މެދުބަނދަރަށް ވަދެނިކުތުމުގައި މީދޫ ނެރު ބޭނުންކުރުމަށް ދެންނެވީމެވެ.  

އެހެންކަމުން، އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި އިޢުލާން ކުރީމެވެ.

02 ޝަޢުބާން 1442

15 މާރިޗު 2021
ހޯދާ