މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް ބޭނުންވާ ބައެއް ތަކެތި ގަންނަން ބޭނުންވެއްޖެ

މިކޯޕަރޭޝަނަށް މިދަންނަވާ ތަކެތި އެއް އަހަރު ދުވަހުގެ މުއްދަތަށްް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އަދި ބޭނުންވާ ތަކެތީގެ ލިސްޓް މިިއިއުލާނާ އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. ވީމާ މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 22 މާރިޗް 2021 ވަނައަށްވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އަންދާސީ ހިސާބު މިކޯޕަރޭޝަނަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ.  އަންދަސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ތިރީގައިވާ ކަންކަމަށް ސަމާލުކަން ދޭންވާނެއެވެ 

  • އަގު ހުންނަންވާނީ ދިވެހި ރުފިޔާއިންނެވެ 

  • ޖުމްލަ އަގު ހުށަހަޅަންވާނީ ޖީ.އެސް.ޓީ ހިމަނައިގެންނެވެ. 

  • އަގު ހުށަހަޅަން ވާނީ ލިސްޓުގައި ބަޔާންކުރެވިފައިވާ 2 ލޮޓަށް ވަކި ވަކިންނެވެ.  

  • ލިސްޓުގައި ބަޔާންކުރެވިފައިވާ 2 ލޮޓްގެ ތެރެއިން 1 ލޮޓަށްވެސް އަގު ހުށަހެޅިދާނެއެވެ.  

  • ބިޑް ކާމިޔާބުވާނީ ކޮންމެ ލޮޓަކަށްވެސް އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށެވެ. 

  • މިއިއުލާނުގައި އެއްކަރުދާސް ކުރެވިފައިވާ ލިސްޓުގައި އެވަނީ ބޭނުންވާ ތަކެތީގެ އަދަދުގެ އަންދާޒާއެކެވެ. 

ބީލަން ކާމިޔާބު ކުރާ ފަރާތުން/ފަރާތްތަކުން، މިކޯޕަރޭޝަނުން "ޕާރޗޭސް އޯޑަރ" ފޮނުވާތާ 7 ދުވަހުގެ ތެރޭގައި އެތަކެއްޗެއް ފޯރުކޮށްދެން ވާނެއެވެ. އަދި ބަޔާންކުރެވިފައިވާ މުއްދަތުގެެ ތެރޭގައި ތަކެތި ފޯރުކޮށް ނުދެވިއްޖެ ނަމަ އެ "އޯޑަރ" ބާތިލްކުރުމުގެ ބާރު މިކޯޕަރޭޝަނަށް ލިބިގެންވާ ކަމުގައި ދަންނަވަމެވެ.  

 

މިއިއުލާނާ ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯއްދުވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

15 މާރިޗު 2021
ހޯދާ