ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާއިގުޅޭ

                          ކުރިޔައް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުދިނުމަށްޓަކައި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހައްދަން ބޭނުންވާ ފަރާތްތަކުގެ ކާޑުތައް މިހިނގާ މާރޗު 25 ގެ ކުރިން ހައްދަން ހުށަހެޅުއްވުމަށާއި މިތާރީޙްގެ ފަހުން ހައްދަން ހުށަހަޅާ ކާޑުތައް ޙަވާލުކުރަން ރަށްރަށައް ފޮނުވުމުގައި ދަތިތަކެއް ކުރިމަތިވެދާނޭކަމުގައި ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންއިން ވަނީ އަންގަވާފައެވެ. ވީމާ، ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުދިނުމަށްޓަކައި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހައްދަން ބޭނުންވާ ފަރާތްތަކުން މާރޗު 25 ވަނަ ދުވަހުގެ ކުރިން ހުށަހެޅުއްވުމަށް ދެންނެވީމެވެ.

11 މާރިޗު 2021
ހޯދާ