މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

  1. މިރަށު  ހޭލަ މޭލަ ކުޑަކުދިންގެ ޕާކު 01 އޭޕްރީލް 2021 ން 31 މާރިޗު 2022 ގެ ނިޔަލަށް ކުނިކަހައި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
  2. މިމަސައްކަތާގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ ނުވަތަ އިތުރު މަޢުލޫމާތު ބޭނުންވާނަމަ 21 މާރިޗު 2021 ވާ އާދީއްތަ ދުވަހުގެ 09:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފު ކުރެއްވުން އެދެމެވެ.
  3. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 22 މާރިޗު 2021 ވާ ހޯމަ ދުވަހުގެ 09:30 ގައި މިއިދާރާގައެވެ.
  4. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީ ހުށަހަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
  5. ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
  6. މިމަސައްކަތާބެހޭ މަޢުލޫމާތު ޝީޓު އަދި އަންދާސީ ހިސާބު ހުށަހަޅާ ފޯމް މިއިޢުލާނާއެކު ގެޒެޓްގައި އެޓޭޗްކުރެވިފައި ވާނެއެވެ. އަދި މިއިދާރާއަށް ދުރުވުމުން މިއިދާރާއިންވެސް ލިބޭނެއެވެ.
  7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ/ ބ. ހިތާދޫ

ފޯން:  6600007

އީމެއިލް: [email protected]

15 މާރިޗު 2021
ހޯދާ