މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަރކް ޕަރމިޓާ ގުޅޭ

ވަރކް ޕަރމިޓާ ގުޅޭ

މި މިނިސްޓްރީގެ ނަންބަރު  (IUL)101-ER/1/2021/38 (11 ފެބްރުވަރީ 2021) އާއި  (IUL)101-ER/1/2021/49  (23 ފެބްރުވަރީ 2021) އިޢުލާނަށް ޙަވާލާދީ ދަންނަވަމަވެ.

ގަވާއިދު ނަންބަރު: 2021/R-16 (ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު) އަށް އަމަލުކުރަން ފެށުމުގެ ކުރިން އަމަލުކުރަމުން ދިޔަ ގަވާއިދުތަކުގެ ދަށުން، ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީންނަށް ދޫކުރާ ހުއްދަތަކާ ގުޅިގެން، ވަޒީފާ ދޭ ފަރާތްތަކުން ސަރުކާރަށް ދައްކަންޖެހި ނުއްދައްކާވާކަމަށް އެކްސްޕެޓް ސިސްޓަމް ރެކޯޑްތަކުން ދައްކާ ފައިސާގެ އަދަދުތަކުގައި ފުށުއެރުންތަކެއް ހުރިކަމަށް ގިނަ ވަޒީފާ ދޭ ފަރާތްތަކަކުން ދަނީ ފާހަގަކުރަމުންނެވެ. މި މައްސަލަ ދިމާވުމަށް މެދުވެރިވެފައިވަނީ، އެކްސްޕެޓް ސިސްޓަމްގެ ރެކޯޑްތައް ފުރިހަމައަށް ވަޒީފާ ދޭ ފަރާތްތަކުން އަޕްޑޭޓްކޮށް ބަލަހައްޓަމުން ގެންގޮސްފައިނުވާތީކަން ފާހަގަކުރެވެއެވެ. މި ގޮތުން، ހުއްދަތަކާއި ގުޅިގެން ދައްކަންޖެހޭ ފީ އަދި، ފީ ނުދެއްކުމުގެ ސަބަބުން ދައްކަން ޖެހޭ ޖޫރިމަނާ ފައިސާ ގިނަ ދުވަސްތަކެއް ވަންދެން ނުދައްކާ ހުރުމާއި، ވަޒީފާއިން ވަކިކޮށް ނުވަތަ ވަކިވެގެން ރާއްޖެއިން ފުރައިގެން ގޮސްފައިވާ ފަރާތްތަކަށް ދޫކޮށްފައިވާ ހުއްދަތައް ބާޠިލްނުކޮށް ހުރުމާއި އަދި ގެއްލިފައިވާ ނުވަތަ ފިލާފައިވާ ބިދޭސީންގެ މައުލޫމާތު ރިޕޯޓްކޮށްފައިނުވާކަން ފާހަގަވެފައިވެއެވެ.

މި މައްސަލަ ހައްލުކުރުމުގެ ގޮތުން، ތިރާގައި މި ބަޔާންކުރާ ކަންތައްތައް ކުރުމަށް / އިސްހާލްކުރުމަށް ވަޒީފާ ދޭ ފަރާތްތަކަށް، ހަވާލާ ދީފައިވާ މި މިނިސްޓްރީގެ އިއުލާންތަކުން ދެވިފައިވާ މުއްދަތު 2021 މެއި 31 އާއި ހަމަޔަށް އިތުރުކުރެވިފައިވާކަމުގައި ދެންނެވީމެވެ.

  1. ހަވާލާދީފައިވާ ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ފިލައިގެން ނުވަތަ ގެއްލިގެން މިސިންގ ރިޕޯޓް ނުކުރެވިފައިވާ ނުވަތަ މިހާތަނަށް މިސިންގ ރިޕޯޓްކޮށްފައިވީ ނަމަވެސް (ސިޓީ އަދި ފޯމްގެ ޒަރީއްޔާއިން ރިޕޯޓްކޮށްފައިވާ)، އެ ބިދޭސީންގެ ރެކޯޑްތައް އެކްސްޕެޓް ސިސްޓަމްގައި އަޕްޑޭޓްކުރެވިފައި ނުވާ ރިކޯޑްތައް ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން އަޕްޑޭޓްކުރުން.
  2. ހަވާލާދީފައިވާ ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން، ނުވަތަ  2021 މެއި 31 ކުރިން ވަޒީފާއިން ވަކިވެގެން ނުވަތަ ވަޒީފާއިން ވަކިކޮށް ގައުމަށް ފޮނުވާލާފައިވާ ބިދޭސީންގެ ތެރެއިން، އެ ފަރާތްތަކުގެ ވަރކް ޕަރމިޓް ނުވަތަ އެމްޕްލޯއިމެންޓް އެޕްރޫވަލް ކެންސަލްނުކޮށްވާ ފަރާތްތަކުގެ ވަރކް ޕަރމިޓް ނުވަތަ އެމްޕްލޯއިމެންޓް އެޕްރޫވަލް، އެ ފަރާތްތަށް ފުރި ދުވަހާއި ހަމައަށް ފީ ދެއްކުމުން ކެންސަލްކުރުން.
  3. ހަވާލާދީފައިވާ ގަވާއިދުގައި ބަޔާންކުރާ ހުއްދަތަކާއި ގުޅިގެން ދައްކަންޖެހޭ ފީ ތަކާއި ގުޅިގެން ދައްކަންޖެހޭ ޖޫރިމަނާ ފީ ދެއްކުން.                                   

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

15 މާރިޗު 2021
ހޯދާ