އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަކަރިތައް ވިއްކާލުމާ ބެހޭ!

                                                          ނަންބަރު: (IUL)345-CAA/345/2021/63

އިޢުލާން

  • ބަކަރިތައް ވިއްކާލުމާ ބެހޭ!

 މި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބަކަރިތައް ވިއްކާލުމަށް ކުރެވުނު އިޢުލާން ނަމްބަރ (IUL)345-CAA/345/2021/44 އާ ގުޅިގެން ލިބުނު އަންދާސީ ހިސާބުތައް މަދުކަމަށްވާތީ  މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މި ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

ބިޑް ރަޖިސްޓްރީ ކުރުން:

ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އއ.މާޅޮސް ކައުންސިލުގައި ބީލަން ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ އިޢުލާން ކުރެވޭ ދުވަހުން ފެށިގެން އިން 23 މާރިޗު 2021 ވާ އަންގާރަ އާއި ދެމެދު ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 14:00 އާއި ދެމެދުއެވެ. އަދި އއ.މާޅޮސް ކައުންސިލަށް ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ޕްރީބިޑް ބައްދަލުވުން:

މި މަޝްރޫޢުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 24 މާރިޗު 2021 ވާ ބުދަ ދުވަހު 10:00 ގައި، އއ.މާޅޮސް ކައުންސިލްގެ އިދާރާ، އއ.މާޅޮސް، ދިވެހިރާއްޖެ ގައެވެ.

 ބިޑް ހުޅުވުން:

މި މަޝްރޫޢުގެ ބިޑް ހުޅުވުން އޮންނާނީ 30 މާރިޗު 2021 ވާ އަންގާރަ ދުވަހުގެ 13:00 ގައި އއ.މާޅޮހު ކައުންސިލް ޢިދާރާގައި ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. މި ގަޑީގެ ފަހުން ހުށަހަޅާ ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 އިތުރު މަޢުލޫމާތު ސާފުކުރުން:

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ގުޅުއްވާނީ 29 މާރިޗު  2021 ވާ (ހޯމަ) ދުވަހުގެ 11:00 ގެ ކުރިން، 6660059 އަށެވެ. 

14 މާރިޗު 2021
ހޯދާ