މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލުންހުސްވެފައިވާ ވަގުތީ މުދަރިސް ކަމުގެ މަޤާމަށް މީހަކު ހޯދުން

  މި އިދާރާގެ ބެލުމުގެ ދަށުން ހިންގަމުންގެންދާ ށ.ބިލެތްފަހީ ޕްރީސްކޫލްގެ ހުސްވެފައިވާ ވަގުތީ ޓީޗަރ ގެ މަޤާމަށް އެދޭފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ .  

މަޤާމު

ޕްރީސްކޫލް ޓީޗަރ

މަޤާމުގެ ގިންތި އާއި މުއްދަތު

ވޭޖް އިންޕްލޯއިމަންޓް  ) ސަސްޕެންޝަންގައި ހުރިމުވައްޒަފު ވަޒީފާއަށް ނިކުންނަވަންދެން ) ނުވަތަ ހޮވިއްޖެނަމަ ( 21 މާރޗް 2021 ން ، 30 ނޮވެމްބަރ 2021 އަށް )

މަސައްކަތުގެ ޝަރުތު

1- މަޤާމްގައި މަސައްކަތްކުރުމުގެ ހުނަރު ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު ޕްރީސްކޫލަށް ޙާއްސަވެފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުގެ އޮނިގަނޑު ލެވެލް 1 ނުވަތަ އެއަށްވުރެ މަތީ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން ނުވަތަ

2- މަޤާމްގައި މަސައްކަތްކުރުމުގެ ހުނަރު ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު ޕްރީސްކޫލަށް ޙާއްސަ ނުވަތަ އާރލީ ޗައިލްޑްހުޑް ކެއަރގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުން ލެވެލް 1 ނުވަތަ އެއަށްވުރެ މަތީ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން ނުވަތަ

3- މަޤާމްގައި މަސައްކަތްކުރުމުގެ ހުނަރު ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު ޖީސީއީ އޯލެވެލް / ނުވަތަ އެއާއި އެއްފެންވަރުގެ އިމްތިޚާނަކުން ސެޓްފިކެޓް ހާސިލްކޮށްފައިވުން ނުވަތަ

4- މަޤާމްގައި މަސައްކަތްކުރުމުގެ ހުނަރު ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު ޖީސީއީ އޯލެވެލް / އިމްތިޚާން ފުރިހަމަކޮށް މަސައްކަތާއި ގުޅޭ 1 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

 

މަސައްކަތުގެ އުޖޫރަ

މުސާރަ : 1700.00ރ ( އެއްހާސް ހައތްސަތޭކަ ރުފިޔާ )

ސާރވިސް އެލަވަންސް : 800.00ރ ( އަށްސަތޭކަ ރުފިޔާ )

ހާޟިރީ އެލަވަންސް : 1000.00 ރ ( އެއްހާސް ރުފިޔާ )

 

ބޭނުންވާ ޢަދަދު

1 ( އެކެއް )

ވަޒީފާ އަދާކުރަންޖެހޭ ތަން

މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ / މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ޕްރީސްކޫލް

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1- ޕްރީސްކޫލްގެ  ރަސްމީ ދުވަސްތަކުގައި  ހެދުނު  8:00 ގެ  ކުރިން ކައުންސިލްގެ  އިދާރާއަށް  ޙާޟިރުވެ ހާޟިރީގައި ސޮއިކުރުން

2 - ކްލާހަށް ބޭނުންވާ ލެޝަން ޕްލޭންތައް ޤަވާޢިދުން ހަދާ ނިންމުން.      

3- ކިޔަވައިދޭން ފެށުމުގެކުރިން ކްލާސްރޫމްގެ ކަންތައްތައް ހުރިނެތް ގޮތްބަލާ ކަންކަން ރަނގަޅަށް އިންތިޒާމްކޮށްބެލެހެއްޓުން.

4- ކުދިންނަށް ބޭނުންވާ މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމުން.

5- އިތުރު ޙަރަކާތްތައް ރާވާ އެޙަރަކާތްތަކުގައި ކުދިން ބައިވެރި ކުރުވުން.

6- ޙަވާލުވެފައިވާ ކްލާހުގެ ބެލެނިވެރިންނާ ކަންކަން ޙިއްސާކޮށް  ރަނގަޅަށް މަޢްލޫމާތު ދިނުމާއި، މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުން .

7- ކްލާހުގެ ކަންކަން ކުރުމުގައި ކުދިންނާ، ބެލެނިވެރިން ގުޅިގެން މަސައްކަތް ކުރުން.

8- ކުދިންނަށް އަންނަމުންދާ އަޚްލާޤީ ބަދަލުތައް ދެނެގަނެ، ބެލެނިވެރިންނަށް ރަނގަޅަށް އެންގުމާއި އެކު، ބެލެނިވެރިންގެ ލަފަޔާއި މަސްވަރާހޯދުން .

9- ކްލާސްތެރޭގައި  އެއްވެސް ކުއްޖަކަށް ތަފާތު ކުރުމެއްނެތި  ހުރިހާ ކުދިންނަށް ހަމަހަ ގޮތެއްގައި ކަންތައްތައް ކޮށްދިނުން

10-         މީގެ އިތުރުންވެސް ޕްރިސްކޫލްއާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން .

11-         ކުދިން ސްކޫލަށް އައުމުން އެކުދިންނަށް އަޅާލާ، ރައްކާތެރިކަމާއި އެކު އެކުދިން ބެލެހެއްޓުން

12-         ސްކޫލްގައި އިދާރީ މުއައްޒަފެއްނެތް ޙާލަތެއްގައި ސްކޫލްގައި ކުރަންޖެހޭ އެންމެހައި އިދާރީ މަސަތްކަތްކުރުން.

13- ކުއްލިގޮތެއްގައި  ކުއްޖަކަށް ދިމާވާ ސިއްޙީ އަދި އިމަޖެންސީ ކަންކަން ވެވުނު  އެންމެ އަވަހަކަށް ކުއްޖާގެބެލެނިވެރިންނަށް އެންގުމާއިއެކު، އެވަގުތަކަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތް މިންވަރަކުން އެކުއްޖަކަށް އެހީތެރިކަންފޯރުކޮށްދިނުން.

14- ޕްރީސްކޫލްގެ ބެލެނިވެރިން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވެ، އެކަމަށް އެއްބާރުލުން ދިނުން.

15- ޕްރީސްކޫލަށް ނުވަތަ  ޕްރީސްކޫލްގެ  ބެލުމުގެ ދަށުގައިވާ  ތަނަކަށް ނުވަތަ އެއްޗަކަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިއްޖެނަމަ، ލަސްނުކޮށް ކައުންސިލްގެ އިދާރާއަށް އެންގުން.

 16  -  ކައުންސިލުންފާސްކުރާ ނިންމުންތައް ތަންފީޒްކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ   އެފަދަ ނިންމުންތައް ތަންފީޒް ކުރުމުގައި އިދާރީގޮތުން ކުރަންކުރަންޖެހޭ އެންމެހާކަންތައްތައް ސެކްރެޓަރީ ޖެނެރަލް ގެ ނުވަތަ ސްޕަވައިޒަރގެ ލަފަޔާއި އިރުޝާދުގެމަތިން ކުރުން .

17- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ، ކައުންސިލްގެ ނިންމުންތައް ތަންފީޒްކުރުމައި ގުޅޭ އެންމެހާކަންކަމުގައި ކައުންސިލަށާއި ، ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް އެއްބާރުލުންދީ ޒަވާބުދާރީވުން .

   

ހުށައަޅަންޖެހޭ ލިޔުންތައް

1 . ފުރިހަމަ ކުރައްވާފައިވާ  ވަޒީފާއަށް އެދޭ  ފޯމް.  (މިފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2 . ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޫނެ ފޯނު ނަމްބަރާއި، އީމެލް އެޑްރެސް ހިމެނޭގޮތަށް)

3 . ވަޒީފާއަށްއެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެ ދެފުށުގެ ލިޔުންތައް

 ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4. މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢްތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފިހުގެ ލިޔުން.  

5. ލިބިފައިވާ ހުރިހާ ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. އަސްލާއި އެއްގޮތަކަމަށް ތައްގަނޑުޖެހިކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅައި ތައްގަނޑުޖަހާފައިވާ ، ރާއްޖެއިންބޭރުގެ މަތީތައުލީމްދޭ މަރުކަޒަކުންދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ، ޓްރާންސްކްރިޕްގެ ކޮޕީ ، ނުވަތަ ސެޓްފިކެޓް ނެތް ހާލަތަކުގައި ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިޔު.އޭ އެސެސްމަންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްގެ ކޮޕީ

(ށ) މަތީތައުލީމްދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީސެޓްފިކެޓްތަކުގެ ކޮޕީއާއި ، ޓްރާންސް ކްރިޕްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސް ކްރިޕްގެ ކޮޕީ

6. މަސައްކަތުގެ ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލްސާރވިސްގެ ވަޒީފާއެއްގައި ، ދައުލަތުގެ މުވައްސަސާއެއްގައި ، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ، ވަޒީފާއަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ ، އަދި ވަޒީފާގެ މުއްދަތާއި ، ( އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ، ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއްއިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާއަދާކޮށްފައިވީނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) އަމިއްލަކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާއަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ، ( އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ، ވަޒީފާގެ މަސްއޫލިއްޔަތުތައް ، ( އެއްއިދާރާއެއްގެ ތަފާތު މަޤާމްތަކުގައި ވަޒީފާއަދާކޮށްފައިވީނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ އެ އިދާރާއެއްގައި އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ، ( އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ، ވަޒީފާގެ މަސްއޫލިއްޔަތުތައް ، ( އެއްއިދާރާއެއްގެ ތަފާތު މަޤާމްތަކުގައި ވަޒީފާއަދާކޮށްފައިވީނަމަވެސް ) ވަކިވަކިން ބަޔާންކޮށްފައިވާ ، އަދި މަސައްކަތްކޮށްފައިވާ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އުވާލެވިފައިވާ ދައުލަތުގެ ނުވަތަ އަމިއްލަ އޮފީހެއްކަމުގައިވިޔަސް އިސްވެދެންނެވުނު ފަދައިން ދޫކޮށްފައިވާ ލިޔުން،

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1-      މަޤާމްގެ މަސައްކަތާއިގުޅޭ ދާއިރާއަކުން ލިބިފައިވާ ތައުލީމާއި ތަމްރީން %20

2-      މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާ ނަމަ މަސައްކަތުގެ ތަޖުރިބާގެލިޔުން %20 .

3-      މަސައްކަތުގެ ހުނަރާއި ޤާބިލުކަން/ އިންޓަވިއު %60

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި  ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  18 މާރޗް 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެކުރިން މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާއަށެވެ.ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސްއަދި ފެކްސް  މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ[email protected]އެވެ. އަދި ފެކްސް ނަމްބަރަކީ (6540047) އެވެ. އެޕްލިކޭޝަން ފޯމާއިއެކު  ހުށަހަޅަންޖެހޭ ހުރިހާ  ލިޔުންތައްހުށަހަޅާފައި ނުވާނަމަ ނުވަތަ ދޮގު މައުލޫމާތު ހިމަނާފައިވާ އެޕްލިކޭޝަން ފޯމް ބާޠިލް ކުރެވޭނެއެވެ. ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެކަނޑައަޅާ ދުވަހުގެ އަދަދަށް އިތުރުކޮށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ބަލައިގަނެވޭނެއެވެ .

 

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 18 މާރޗް 2021 އާއި 25 މާރޗް    2021 އާއި ދެމެދު  މިލަދުންމަޑުލު އުތުރުބުރީ  ބިލެތްފަހީ ކައުންސިލްގެ އިދާރާގައެވެ.  ވުމާއެކު،  މި ވަޒީފާއަށްކުރިމަތިލާ ފަރާތްތަކުން،  އެ ތާރީޚްތަކުގައި އިންޓަވިއުއަށް  ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. އަދި އީމެއިލް އިން އެޕްލިކޭޝަން ފޮނުވާނަމަ އެޕްލިކޭޝަން އޮފީހަށް ލިބުނުކަން ކަށަވަރުކުރަންވާނެއެވެ .

  

ސޯޓްލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށްބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން ޕޮއިންޓް ލިބޭފަރާތްތައް ސޯޓްލިސްޓްކުރެވޭނެއެވެ .

ވަޒީފާއަށް ކުރިމަތިލީފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް އާއްމުކުރުން.

އިންޓަވިއު ބާއްވާތާ ރަސްމީބަންދުނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީފަރާތްތަކަށް ޕޮއިންޓްލިބުނުގޮތުގެ ޝީޓް (  ( A2 ފޯމު އާއްމުކޮށްފެންނާނޭހެން މި އިދާރާގެ ނޯޓިސްބޯރޑް ގައި އާއްމުކުރެވޭނެއެވެ . ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކުން ޕޮއިންޓް ދީފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ ޝީޓް އާއްމުކުރެވުނުދުވަނުންފެށިގެން ރަސްމީބަންދުނޫން 3 ދުވަހުގެ ތެރޭގައި މި އިދާރާއަށް ހުށައަޅުއްވަންވާނެއެވެ .

އިތުރު މަޢުލޫމާތު ހޯދުމަށް

މި އިޢުލާނާއި ގުޅިގެން މަޢްލޫމާތު ސާފުކުރުމަށް ގުޅާނީ (6540047) މި ނަމްބަރު ފޯނާއެވެ. ފެކްސް

ނަމްބަރަކީ (6540047) އެވެ. އީމެއިލް ކުރާނީ            [email protected]          

 

14 މާރިޗު 2021
ހޯދާ