މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
އިޢުލާން ނަންބަރ (IUL) 438-ENV/438/2021/47 ގެ އެޑެންޑަމް 1

އިޢުލާން ނަންބަރ (IUL) 438-ENV/438/2021/47 ގެ އެޑެންޑަމް 1 

އިއުލާން ނަންބަރު

(IUL) 438-ENV/438/2021/47  

އިއުލާނުގެ ތާރީޚް

07 މާރިޗު 2021

ބީލަމުގެ ނަން

އަރި އަތޮޅުގައި ހިމެނޭ ތިމާވެށީގެ ގޮތުން ޙާއްސަ 16 ސަރަހައްދެއްގެ "އިކޮލޮޖިކަލް ސާވޭ" ހެދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޮންސަލްޓެންސީ ހިދުމަތުގެ ބީލަން ހުށަހެޅުމުގެ ދައުވަތު

މި މިނިސްޓްރީން 07 މާރިޗު 2021 ގައި ކުރި (IUL) 438-ENV/438/2021/47 ނަންބަރު އިއުލާނާއެކު އޭޓޭޗްކުރެވިފައިވާ މައުލޫމާތު ކަރުދާހަށް ތިރީގައިވާ ބަދަލުތައް ވަނީ ގެނެވިފައެވެ.

މައުލޫމާތު ޝީޓްގެ "ބީލަން ހުށަހަޅަންޖެހޭ ގަޑި"

28 މާރިޗު 2021 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން

ޢިޢުލާންގެ ޓާމްސް އޮފް ރިފަރެންސް އަށް ގެނެވިފައިވާ ބަދަލުތައް

 ސެކްޝަން 1 (ސަފްހާ 1) ގެ "ޑެލިވަރަބަލްސް" އަށް ޑްރޯން މެޕް ވަނީ އިތުރުކުރެވިފައެވެ.

ސެކްޝަން 9 (ސަފްހާ ނަންބަރު 4) ގެ ސެލެކްޝަން ކްރައިޓީރިއާ ގައި މާކުސް ދޭ ގޮތަށް ވަނީ ބަދަލުގެނެވިފައެވެ.

ސެކްޝަން 12 (ސަފްހާ ނަންވަރު 5) ގައި އެޕްލިކޭޝަން ހުށަހަޅާއިރު ހުށައަޅަން ޖެހޭ ލިޔުންތަކުގެ ތެރޭގައި "ސާވޭ ގެ މެތަޑޮލޮޖީ" އިތުރުކުރުން

އެންކްސް 1 (ސަފްހާ ނަންބަރު 6) ގައި ސާވޭ ކުރަންޖެހޭ ސައިޓުތަކުގެ ލިސްޓަށް ވަނީ ބަދަލުގެނެވިފައެވެ.

އެންކްސް 2 (ސަފްހާ ނަންބަރު 8 ) ގައި ސާވޭ ކުރުމަށް ހުށަހަޅާ "މެތަޑޮލޮޖީ" ތައްޔާރުކުރުމާއި ބެހޭ އިތުރު މަޢުލޫމާތުތައް ވަނީ ހިމަނާފައެވެ.

މިހެންވެ، މައުލޫމާތަށްޓަކާ މިވާހަކަ ދެންނެވީމެވެ. އިސްލާހުކޮށްފައިވާ މައުލޫމާތު ޝީޓު މި އިއުލާނާއެކު އެޓޭޗްކޮށްފައިވާނެއެވެ.

14 މާރިޗު 2021
ހޯދާ