އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިތަދޫ ސަރަހައްދީ ބަނދަރުން ވެއަރހައުސް ގުދަން އެޅުމަށް ބިން ކުއްޔަށް ދޫކުރާ އިޢުލާނާ ގުޅިގެން ބީލަން ހުށަހަޅާންޖެހޭ ތާރީޚް ކަނޑައެޅުން

އިޢުލާން

ކޯވިޑް19 ގެ ހާލަތާއި ގުޅިގެން އެޗް.ޕީ.އޭ އިން އައްޑޫ ސިޓީ މޮނިޓަރިންއަށް ލުމާއި ގުޅިގެން ފަސްކުރެވިފައިވާ، ހިތަދޫ ސަރަހައްދީ ބަނދަރުން ވެއަރ ހައުސް ގުދަން އެޅުމަށް ބިން ކުއްޔަށް ދޫކުރުމަށްޓަކައި ކުރެވުނު ނަންބަރު: (IUL)426-AB/426/2021/44 އިޢުލާނުގެ ދަށުން ހުށަހެޅުމަށް ހަމަޖެހުނު ބިޑު ބަލައިގަތުމަށް ހަމަޖެހިފައިވާ ތާރީޚާއި ތަނާއި ގަޑި ތިރީގައި ދެންނެވިފައި އެވަނީއެވެ.

ހަމަޖެހިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯއޮންނާނެ ވާހަކަ ދެންނެވީމެވެ.

 

ތާރީޚާއި ދުވަސް

18 މާރިޗް 2021 ވާ ބުރާސްފަތި ދުވަސް

ގަޑި

ހެނދުނު 10:00

ތަން

އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

01 ޝަޢުބާން  1442

14 މާރިޗު 2021
ހޯދާ