ދިވެހިރާއްޖެ
މި އިޢުލާނާއި އެކު އެޓޭޗްކުރެވިފައިވާ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް މި އޮފީހަށް ބޭނުންވާ "ޓެބްލެޓް އަދި އޭގެ ކަވަރ(ފްލިޕް ކަވަރ) އަދި ހެޑްސެޓް" ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް (ޕްރޮޕޯޝަލް ހުށަހެޅުމަށް) ބޭނުންވެއެވެ. މި ބިޑްގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މި ބިޑްގައި ބައިވެރި ވުމަށް ނަންނޯޓު ކުރެއްވުމަށާއި، މަޢުލޫމާތު ސާފުކުރެއްވުމަށް 18 މާރިޗް 2021ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން މި އޮފީގެ މެއިލް [email protected] އަށް މެއިލް ކޮށްދެވުމަށް ފަހު 25 މާރިޗް 2021 ވާ ބުރާސްފަތި ދުވަހުގެ 12:00އަށް ބިޑްހުށަހެޅުއްވުން އެދެމެވެ. ބިޑުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ ބިޑްގައި ނަންނޯޓް ކުރުމަށް އެދި މެއިލް ފޮނުވާފައިވާ ފަރާތްތަކަށެވެ. މިގޮތުން ނަންނޯޓް ކުރެއްވުމަށް ފޮނުއްވާ މަޢުލޫމާތުގައި ތިރީގައި މިދަންނަވާ މަޢުލޫމާތުތައް ހިމަނުއްވަންވާނެއެވެ.
1- ބިޑްހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތުގެ ނަން:
2- ގުޅޭނެ މޯބައިލް ނަމްބަރ:
3- ވިޔަފާރި ރަޖިސްޓްރީ ނަމްބަރ:
4- އީމެއިލް އެޑްރެސް:
ބިޑް ހުޅުވުން އޮންނާނީ ބިޑް ހުށަހެޅުމަށް ދުރުވާ ބޭފުޅުންގެ ޙާޟިރުގައެވެ.