ގއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
9 ކުލާސްރޫމު އިމާރާތުގެ ތަށިމުށި ބަދަލުކުރުމާއި އެހެނިހެން މަރާމާތްކުރުން

                            ޢިޢުލާން ނަމްބަރ: GS05-C /IUL/2021/01

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

9 ކުލާސްރޫމު އިމާރާތުގެ ތަށިމުށި ބަދަލުކުރުމާއި އެހެނިހެން މަރާމާތްކުރުން

  1. 2021 ވަނަ އަހަރު މި މަރުކަޒުގައި އަލަން އިމާރާތް ކުރެވުނު 9 ކުލާސް ރޫމް އިމާރާތުގައި ހުރި މުށިތައް ބަދަލުކުރުމާއި އެހެނިހެން މަރާމާތް ކުރުމަށް ބޭނުންވާތީ، މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. 
  2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 މާރޗް 14 އިން 18 މާރޗް 2021 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތުނެތް ވާހަކަ ދަންނަވަމެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 މާރޗް 21 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މި މަރުކަޒުގެ މީޓިންގ ރޫމްގައެވެ.
  4. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 މާރޗް 22 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  5. ބިޑް ހުޅުވުން އޮންނާނީ 2021 މާރޗް 28 ވާ އާދީއްތަ ދުވަހުގެ 11:30 ގައި ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ މީޓިންރޫމްގައެވެ.
  6. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ގއ.އަތޮޅު ތަޢުލީމީ މަރުކަޒު

ސަމުގާ މަގު، ވިލިނގިލި، ދިވެހިރާއްޖެ.

ފޯން:6820029

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

11 މާރިޗު 2021
ހޯދާ