ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމާއި މެޓީރިއަލް ވިއްކައިދޭނެ ފަރާތްތައް ހޯދުން

ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމާއި މެޓީރިއަލް ވިއްކައިދޭނެ ފަރާތްތައް ހޯދުން

  1. މިސްކޫލް އެކްޓިވިޓީ ޔުނީފޯމާއި މެޓީރިއަލް ވިއްކައިދޭނެ ފަރާތެއް ހޯދުމަށް ބޭނުއްވެއްޖެއެވެ. ވީމާ ބީލާން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
  2. މިޕުރޮޖެކްޓަށް ބީލަންހުށަހެޅޭނީ މިނިސްޓްރީ އޮފް އެކޮނޮމިކްސް ޑިވޮލަޕްމެންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. އަދި މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
  3. މިޕުރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 10 މާރިޗު 2021 ން 17 މާރިޗު 2021 14:00 ގެ ކުރިން އިއުލާންގައި އެއްކަރުދާސްކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރިހަމަކުރުމަށް ފަހު ތިރީގައިވާ ލިންކު މެދުވެރިކޮށް ހުށަހެޅުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. މިމަސައްކަތުގެ ޕްރީބިޑް މީޓިންގް އޮންނާނީ 2021 މާރިޗު 21 ވާ އާދިއްތަ ދުވަހުގެ 11:00 ގައި  ރެހެންދި ސްކޫލުގެ ފައިސާއާބެހޭބައިގައެވެ.
  5. ބިޑް ހުށަހެޅުމާއި، ބިޑް ހުޅުވުން އޮންނާނީ 2021 މާރިޗު 31 ވާ ބުދަ ދުވަހުގެ 11:00 ގައި  ރެހެންދި ސްކޫލުގެ ފައިސާއާބެހޭބައިގައެވެ.
  6. އިއުލާނާއި އެކު މިމަސައްކަތުގެ ރެޖިސްޓްރީ ފޯމް އަދި ބީލަންފޮތް (ޖަދުވަލްތަކާއެކު) އެއްކަރުދާސް ކުރެވިފައިވާނެއެވެ.
  7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ރެހެންދި ސްކޫލް ފައިސާއާބެހޭބައި

ފޯން:  3359902، 3359900

އީ-މެއިލް: [email protected]

 

10 މާރިޗު 2021

10 މާރިޗު 2021
ހޯދާ