އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައި ޑީ ކާރޑް އާކުރުމާއި ގުޅޭ :

އިޢުލާން

އައި ޑީ ކާރޑް އާކުރުމާއި ގުޅޭ :

 

                ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓްދިނުމުގައި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހައްދަން ބޭނުންވާ ފަރާތްތަކަށް ، މިހިނގާ މާރޗް 25 ގެ ކުރިންކާޑުތައް ހެއްދުމަށް ހުށައަޅައި ދިނުމަށް ޑިޕާރޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން އިން އެދިލައްވާފައިވާތީ ، އެ ތާރީޚުގެ ކުރިން ، ވޯޓުލައްވަން ބޭނުންފުޅުވާ ފަރާތްތަކުގެ ކާރޑްތައް ހަދައިދިނުމަށް މިކައުންސިލުން ބޭނުންވެއެވެ.  އެހެންކަމުން މިއަދާއި ، މާދަމާ އަދި 14 ވާ އާދިއްތަ ދުވަހު ، ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން 13:00 އަށް ، އެފަރާތްތަކަށް ޚާއްސަކުރެވިގެން އައި . ޑީ ކާރޑް ހަދައި ދިނުމުގެ މަސަކަތް ކުރިޔަށް ދާނެވާހަކަ ދަންނަވަމެވެ.

                މިދެންނެވި ތިން ދުވަހު  ، ވޯޓުލުމަށް ، އައި . ޑީ ކާރޑް ހަދަން ބޭނުންފުޅުވާ ފަރާތްތަކުން ، ކަނޑައެޅިފައިވާ ގަޑިޔަށް ޢިދާރާއަށް ދުރުވުމުން  ، އައި . ޑީ  ކާރޑް ހެދުމުގެ އެންމެހާ އިންތިޒާމްތައް ހަމަޖެހިގެން ދާނެވާހަކަ ދަންނަވަމެވެ. އަދި 25 މާރިޗް ގެ ފަހުން ހުށަހެޅޭ އައިޑީ ކާރޑްތައް ހަދައި ފޮނުވުމުގައި ދަތިތަކެއް ދިމާވެދާނެ ކަމަށް ޑީ އެން އާރުންވަނީ ދަންނަވާފައެވެ.

               ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

              10  މާރިޗް     2021

10 މާރިޗު 2021
ހޯދާ