އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 އާ ގުޅިގެން،ސިނާއީ މަސައްކަތްކުރާ ތަންތަނުގައި ވޯޓު ފޮށި ބެހެއްޓުން

(IUL)38-CA/38/2021/102 ނަންބަރު

އިޢުލާން

 

2021 އެޕްރީލް 10 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގައި ތިރީގައިވާ ސިނާއީ މަސައްކަތްކުރާ ތަންތަނުގައި ވޯޓު ފޮށި ބެހެއްޓުމަށް މި ކޮމިޝަނުން ނިންމައިފީމެވެ.

 

ވޯޓު ފޮށި ބަހައްޓާ ތަނުގެ ތަފްޞީލް

ވޯޓުލާ ސަރަހައްދުގެ ތަފްސީލު

ރަށުގެ ނަން

ވޯޓުފޮށީގެ ނަން

ވޯޓު ފޮށީގެ ކޯޑު

ވޯޓު ފޮށީގެ ނަންބަރު

ތިލަފުށި ސައިޓް އޮފީސް

މި ފޮށްޓަށް ވޯޓުލާނީ ތިލަފުށީގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

ކ.ތިލަފުށި

 

ތިލަފުށި-1

V1.1

448

ގަން، ޔޫތް ސެންޓަރ

މި ފޮށްޓަށް ވޯޓުލާނީ ގަމުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

އައްޑޫ ސިޓީ، ގަން

ގަން-1

V3.1

450

 ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވާ ސިނާއީ މަސައްކަތްކުރާ ތަންތަނުގެ ތެރެއިން އެ ތަންތަނުގައި ވޯޓުފޮށި ބަހައްޓާނީ އެ މީހަކު ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގެ ތެރޭގައި ވޯޓުލުމަށް މީހުން ރަޖިސްޓަރީވެފައިވާ ނަމައެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

10 މާރިޗު 2021
ހޯދާ