ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ފުޓުބޯޅަ ދަނޑޫގެ ހުޅަނގުން ބީޗްގައި ޕިކްނިކް އޭރިޔާއެއް ތަރަޤިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

ހަނިމާދޫ ފުޓްބޯޅަ ދަނޑުގެ ހުޅަނގުން ބީޗްގައި ޕިކްނިކް އޭރިޔާއެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ..

                ހަނިމާދޫ ކައުންސިލްއިން ދޭމަޢުލޫމާތާއި  އެއްގޮތަށް ހަނިމާދޫ ފުޓްބޯޅަ ދަނޑުގެ ހުޅަނގުން ބީޗްގައި ޕިކްނިކް އޭރިއާއެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިކައުންސިލްގެ ނަންބަރު: (IUL) 258/2021/10  އިޢުލާން ބާޠިލްކޮށް އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތްތެއް ހޯދަން ބޭނުން ވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 21 މާރިޗް 2021 ވާ  އާދީއްތަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 މާރިޗް 2021 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

10 މާރިޗު 2021
ހޯދާ