ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

މި ޔުނިވަރސިޓީގެ ނަންބަރު: MNU-CA-PR/2021/007 އިޢުލާނުގައިވާ ބީލަމަށް ކުރިމަތިލާ ފަރާތްތަކަށް 08 މާރިޗް 2021 ވާ ހޯމަ ދުވަހުގެ 10:00 ގައި ބޭއްވުމަށް ދެންނެވުނު މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވިފައި ނުވާތީ އެ އިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޅ. ހިންނަވަރު ކެމްޕަސްގެ ކުރެހުންތަކަށް ގެންނަންޖެހޭ ބައެއް ބަދަލުތައް ގެނެސްދީ އަދި ވަށާފާރު ފައިނަލް ކުރުމަށްފަހު އެކުރެހުންތަކުގެ މައްޗަށް ބިނާކޮށް ބީއޯކިއު ހަދައިދިނުމާއި ޓެންޑަރ ޑޮކިއުމެންޓް ތައްޔާރުކޮށްދިނުމަށް އަންދާސީ ހިސާބު ހުށަހަޅަން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  2. ކުރިމަތިލާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 15 މާރިޗް 2021 ވާ ބުދަ ދުވަހުގެ 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) ގައެވެ.
  3. މި މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ޓެކްނިކަލް އިވެލުއޭޝަނެއް ހެދުމަށްފަހު އޭގެތެރެއިން އެންމެ ރަނގަޅު ފަރާތަކަށެވެ. ހުށަހަޅަންޖެހޭ ފޯމްތައް 15 މާރިޗް 2021 ވާ ބުދަ ދުވަހުގެ 10:00 ގައި ބާއްވާ ބައްދަލުވުމަށް ހާޟިރުވާ ފަރާތްތަކަށް ދެވޭނެއެވެ. ބީލަން ހުށަހަޅުއްވަންވާނީ ހަވާލުކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހިމެނޭ ތަކެއްޗާއި އެކުގައެވެ. އުޞޫލުގައި ހުށަހެޅުމަށް ލާޒިމްކޮށްފައިވާ ތަކެތި ބީލަމާއެކު ހުށަނާޅާ ފަރާތްތަކުގެ ބީލަންތައް ބާޠިލްކުރެވޭނެއެވެ.
  4. ބީލަން ހުށަހެޅުން އޮންނާނީ 22 މާރިޗް 2021 ވާ ބުދަ ދުވަހުގެ 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން " ޅ. ހިންނަވަރު ކެމްޕަސްގެ ކުރެހުންތައް ތައްޔާރުކޮށް ބީއޯކިއު ހަދައިދިނުމާއި ޓެންޑަރ ޑޮކިއުމެންޓް ތައްޔާރުކޮށްދިނުން" މިހެން ލިޔެފައި އޮތުމާއި އަދި ބީލަން ހުށަހަޅާ ކުންފުނީގެ / ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  5. އިސްވެދެންނެވިފައިވާ މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.
  6. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރުމުގެ ސުންގަޑިއަކީ 18 މާރިޗު 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ.

ބީލަމާ ގުޅޭ މައުލޫމާތު ނަމަ؛

ޕްރޮޖެކްޓް ސެކްޝަން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3345190

އީ-މެއިލް: [email protected]

 

24 ރަޖަބް 1442ހ.

09 މާރިޗު 2021
ހޯދާ