ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

     ފިއުލް ސަޕްލައިސް މޯލްޑިވްސްއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، ތ އަތޮޅުގައި ޤާއިމުކޮށްފައިވާ، ފެނަކަ ކޯޕަރޭޝަންގެ އިންޖީނުގެތަކަށް ޑީސަލް ސަޕްލައި ކޮށްދެއްވާނޭ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.   

  • ރެޖިސްޓްރޭޝަން:  13 މާރޗް 2021 ވާ ހޮނިހިރު ދުވަހުގެ 12:00 ގެ ކުރިން [email protected]  އަށް މެއިލް ކުރައްވާ ރެޖިސްޓަރ ކުރެއްވުން އެދެމެވެ.

މެއިލްގައި ތިރީގައި މިދަންނަވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

  • ބިޑަށް ކުރިމަތިލައްވާ ފަރާތުގެ ނަން
  • ގުޅޭނެ ނަންބަރު އަދި އީމެއިލް
  • ބީލަން ހުށަހަޅުއްވާނެ ފަރާތް ތަމްސީލު ކުރާނެ ފަރާތް އަދި މަޤާމް
  • ބީލަމުގެ އިޢުލާނު ނަންބަރ

 

ބިޑަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކުގެ ބީލަންތައް ބާޠިލު ކުރެވޭނެއެވެ.

 

  • ބީލަން ހުށަހެޅުން: ބީލަން ހުށަހަޅުއްވާނީ 21 މާރޗު 2021 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލްގެ ޒަރީޢާއިންނެވެ.

(އީމެއިލް މެދުވެރިކޮށް ބިޑު ހުށަހެޅުމަށް ހަމައްޖަސާފައިމިވަނީ، ކޮވިޑް-19 ގެ މިޙާލަތުގައި ގިނަ ފަރާތްތަކަކުން އެއްތަނަކަށް ޖަމާވެ ބައްދަލުވުމަކީ އެންމެ އެދެވިގެންވާ ގޮތް ކަމަށް ނުވާތީއެވެ)

     މިބީލަމާއި ގުޅިގެން، ކުރިން ބީލަމުގައި ރަޖިސްޓަރ ކުރެއްވި ފަރާތްތަކުންވެސް އަލުން ރަޖިސްޓަރ ކުރައްވަން ޖެހި ވަޑައިގަންނަވާނެއެވެ.

     މިބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު، މިއިޢުލާނާއި އެކު އެޓޭޗްކުރެވިފައި ވާނެއެވެ.  

09 މާރިޗު 2021
ހޯދާ