ދިވެހިރާއްޖެ
ހއ. އިހަވަންދޫ އޯކިޑްވިލާ ގޯތީގެ އިމާރާތް ޑިޒައިންކޮށް ކުރަހާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތައް ޝައުޤުވެރިވާ ފަރާތްތަކުން 10 މާރިޗު 2021 އިން 18 މާރޗު 2021 އަށް ބަންދުނޫން ކޮންމެދުވަހަކު 10:00 އިން 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކޮށް ރެޖިސްޓަރީ ކުރެއްވުމަށްފަހު 21 މާރިޗު 2021 ވާ ބުދަ ދުވަހުގެ 13:15 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ.
މައުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށްދެވޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރިފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. އިތުރަށް މަޢުލޫމާތު ސާފްކުރެއްވުމަށް ރަސްމީގަޑިތަކުގައި މިއިދާރާއިން ސާފުކުރެއްވުމަށް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ސިޓީއުރައަކަށް ލައި ބަންދުކޮށް އޯކިޑްވިލާ ގޯތީގެ އިމާރާތް ކުރެހުމުގެ އަންދާސީ ހިސާބުކަން އެނގޭގޮތައް ލިޔުއްވައިފައެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.