ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ސީ.ޒޯންގައި ދުއްވުމުގެ ހުއްދަ ދޫކުރުން

އެއްގަމު އުޅަނދު ސީ.ޒޯންގައި ދުއްވުމުގެ ހުއްދަ ދޫކުރުން

      އެހެން ޒޯން ތަކަށް ރަޖިސްޓްރީކޮށްފައިވާ އެއްގަމު އުޅަނދު، ސީ.ޒޯންގައި ދުއްވުމުގެ ހުއްދަ ދޫކުރުމަށް މިކައުންސިލުން ހަދާފައިވާ އުޞޫލާއި އެއްގޮތަށް ދެން އެހުއްދަ ދޫކުރާނީ، ވެހިކަލް މިއިދާރާގައި ދަފްތަރުކޮށް، ކަނޑައަޅާފައިވާ ފީ ނެގުމަށްފަހުގައެވެ. ހުއްދަ ފޮނުވާނީ، މެއިލް، ވައިބަރ، އިންނެވެ. މެއިލް އާއި ވައިބަރ ބޭނުން ނުކުރައްވާ ފަރާތްތަކަށް ހުއްދައިގެ ޕްރިންޓް ލިބޭނެއެވެ. މެއިލް، އަދި ވައިބަރ އިން ފޮނުވާހުއްދަ ޕްރިންޓްކޮށް ހުއްދަ ސްކޭން ކުރެވޭގޮތަށް ވެހިކަލްގައި ހަރުކުރުމާއި، ފުލުހުން ބަލަން ބޭނުންވެއްޖެ ހިނދެއްގައި ފެންނާނެގޮތަށް ބެހެއްޓުމަކީ ހުއްދަ ނަގާފަރާތުގެ ޒިންމާއެކެވެ. ހުއްދައިގެ ގޮތުގައި ދޫކުރާނީ، މިއިދާރާގެ ސްޓޭމްޕް ޖަހާފައިވާ ކިއު.އާރު ކޯޑެކެވެ.

                  ވީމާ، ސީ.ޒޯންގައި ވެހިކަލް ދުއްވުމުގެ ހުއްދަ ނަގަން ބޭނުންވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ ފޯމް ނަންގަވާ ފުރުއްވުމަށްފަހު ހުށައެޅުއްވުން އެދެމެވެ. މިއީ މިކަމަށް ކަނޑައަޅާފައިވާ ފީއެއް ނަގައިގެން ދޭންޖެހޭ ޚިދްމަތަކަށްވާތީ، ސީ.ޒޯން ހުއްދަ ދޫކުރާނީ، ރަސްމީ ދުވަސްތަކުގެ 09:00 ން 12:00 އާއި ދެމެދުގައެވެ.

                    09 މާރިޗް 2021

09 މާރިޗު 2021
ހޯދާ