މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޗީފް އެޑިއުކޭޝަން ޓެކްނޮލޮޖީ އޮފިސަރ

މޯލްޑިވްސް: ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަރމަންޓް ޕްރޮޖެކްޓް (LAMP: P172631)

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

 ދިވެހިރާއްޖެ

 

ވަޒީފާގެ ފުރުސަތު

ދިވެހި ސަރުކާރުން ގްލޯބަލް ޕަރޓްނަރޝިޕް ފޮރ އެޑިޔުކޭޝަންގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ "މޯލްޑިވްސް: ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަރމަންޓް ޕްރޮޖެކްޓް" ން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ "އައި.ސީ.ޓީ އިން އެޑިޔުކޭޝަން މާސްޓަރ ޕްލޭން 2.0" ތަންފީޒުކުރުމަށް ތިރީގައި ބަޔާންކުރެވިފައިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

 

މަޤާމް: ޗީފް އެޑިއުކޭޝަން ޓެކްނޮލޮޖީ އޮފިސަރ

 

ބޭނުންވާ އަދަދު: 1 (އެކެއް)

 

ޓަރމްސް އޮފް ރެފަރަންސް:

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ "ޓަރމްސް އޮފް ރެފަރަންސް" ގައި ބަޔާން ކުރެވިފައިވާނެއެވެ.

 

މަޤާމަށް ހޮވުން:މި ކޮންސަލްޓަންސީ އަށް ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ ޕްރޮކިއުމަންޓް ފްރޭމްވޯކްގެ ދަށުން އެކުލަވާލާފައިވާ "ވޯލްޑް ބޭންކް ޕްރޮކިއުމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ޕްރޮކިއުމަންޓް އިން އިންވެސްޓްމަންޓް ޕްރޮޖެކްޓް ފައިނޭންސިންގ – ގުޑްސް، ވޯކްސް، ނޮން-ކޮންސަލްޓިންގ އެންޑް ކޮންސަލްޓިންގ ސަރވިސަސް، އޮގަސްޓް 2018" ގައިވާ ގޮތުގެ މަތިންނެވެ.

 

މަޤާމަށް އެދި ހުށައެޅުން:

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 މާރިޗު 2021 ގެ މެންދުރު 14:00ގެ ކުރިން މިމިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް، އަންނަނިވި ލިޔެކިޔުންތައް ހިމެނޭގޮތަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

1.       މަޤާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ލިޔުން

2.       ސީ.ވީ

3.       ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓް ކޮޕީ

4.       ވެލިޑޭޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

5.       މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރަންސް ލެޓަރ )ވެލިޑޭޓް ކުރެވިފައިވާ(

 

އެޕްލިކޭޝަން ހުށަހަޅުއްވާނީ ތިރީގައިވާ ފަރާތަށެވެ:

 

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 9 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.                                            

 

އީ-މެއިލް: [email protected]

 

09 މާރިޗު 2021
ހޯދާ