ދިވެހިރާއްޖެ
އިޢުލާން ނަންބަރު: AS/IUL/2021/011
މަޤާމް: އެސިސްޓެންޓް އޮފިސަރ
ޑިޕާޓްމަންޓް/ސެކްޝަން: އެކައުންޓްސް އެންޑް ފައިނޭންސް
ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ
މަޤާމުގެ ޝަރުތު:
- ޖީ.ސީ.އީ އޯލެވެލް ނުވަތަ އެސް.އެސް.ސީ އިމްތިޙާނުގެ 5 މާއްދާއިން، އެކައުންޓިންގ ހިމެނޭގޮތައް، "ސީ" ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޭލެވެލް ނުވަތަ އެޗް.އެސް.ސީ އިމްތިޙާނުގެ 2 މާއްދާއިން، އެކައުންޓިންގ ހިމެނޭގޮތައް، "ސީ" ލިބިފައިވުން ނުވަތަ ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލްކޮށްފައިވުން
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ފައިސާ ބެލެހެއްޓުމާއި ބަޖެޓުގެ މަސައްކަތްކުރުން.
- އެކައުންޓްސް ރިކޯޑުތައް ބެލެހެއްޓުމާއި ރިކޮންސިލިއޭޝަންގެ މަސައްކަތްކުރުން.
- ފައިސާގެ މުޢާމަލާތްތަކުގެ ފައިލް ބެލެހެއްޓުމާއި، ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން މަސައްކަތްތައް ދާކަން ކަށަވަރުކުރުން.
- މިނޫންވެސް ދާއިރާއާ ގުޅުންހުރި މަސައްކަތްތައް ކުރުން.
އެހެނިހެން ހުނަރު:
- މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
- އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
މުސާރައާއި އިނާޔަތް :
- އަސާސީ މުސާރަ: -/4000 ރުފިޔާ
- ލިވިންގ އެލަވަންސް: -/3000 ރުފިޔާ
- އެޓެންޑަންސް އެލަވަންސް: -/1400 ރުފިޔާ
ތައުލީމީ ފެންވަރާއި، ހުނަރު އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލައި ޕްރޮބޭޝަން މުއްދަތުގައިވެސް އެލަވަންސްތައް ދެވޭނެއެވެ.
ކުރިމަތިލުމުގެ ސުންގަޑި: 15 މާރިޗު 2021 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ވަޒީފާއަށް އެދޭ ފޯމު.
- ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ސީވީ.
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:
https://aasandha.mv/dv/downloads/job-application-forms
ޚާއްޞަ ސަމާލުކަމަށް:
- އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
އިތުރު މަޢުލޫމާތު:
- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.