މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.މާފަރުގައި ކުޑަކުދިންގެޕާކްސެޓް އިންސްޓޯލްކުރުމާއިޕާކުގެވަށާފާރު ރޭނުމުގެ މަސައްކަތް.

އިޢުލާން

ނ.މާފަރުގައި ކުޑަކުދިންގެ ޕާކްސެޓް އިންސްޓޯލް ކުރުމާއި ޕާކުގެ ވަށާފާރު ރޭނުމުގެ މަސައްކަތް؛

މިކައުންސިލުން ފޯރުކޮށްދޭ މައުލޫމާތާ އެއްގޮތަށް މިރަށުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކުގެ ވަށާފާރު ރޭނުމާއި، ޕާކުސެޓް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބްތައް ފުރިހަމަނުވާތީ، އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

މިކަމާ ގުޅިގެން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް 10 މާރޗް 2021 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގައި މިއިދާރާގައި އޮންނާނެއެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން    14 މާރޗް 2021 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގައި މިއިދާރާގައި އޮންނާނެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުވެ، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިއިޢުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ.

               ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރީމެވެ.

               08 މާރޗް 2021                                    

08 މާރިޗު 2021
ހޯދާ