އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ފައިނޭންސް އެގްޒެކެޓިވް

ވަޒީފާގެ ފުރުސަތު

                   

ނަންބަރު:IUMH-AD/I/2021/13

ފައިނޭންސް އެގްޒެކެޓިވް

މި ކުންފުނިން ފައިނޭންސް އެގްޒެކެޓިވްއެއް ހޯދުމަށް ކުރިން ކުރެވުނު އިޢުލާން ނަންބަރު: IUMH-AD/I/2021/03 އަށް އެކަށީގެންވާ މިންވަރަށް ޝަރުތުހަމަވާ އެޕްލިކޭޝަންސް ލިބިފައިނުވާތީ އަލުން އިޢުލާންކުރަމެވެ.

 މަޤާމު:

ފައިނޭންސް އެގްޒެކެޓިވް

ބޭނުންވާ ޢަދަދު 1

އަސާސީ މުސާރަ:

މަހަކު 7,500.00 ރުފިޔާ

އެލަވަންސް:

  1. ސާރވިސް އެލަވަންސް: މަހަކު  9,000.00ރުފިޔާ
  2. ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ދުވާލަކަށް 110.00 ރުފިޔާ
  3. ފޯން އެލަވަންސް: މަހަކު 300.00 ރުފިޔާ

ރޭންކް

(EX)

މަޤާމުގެ ޝަރްޠުތައް:

  • އެކައުންޓިންގ އެންޑް ފައިނޭންސް މި ދާއިރާއިން ލެވެލް 8/7 ގެ ސަނަދެއް ހާސިލްކުރުމަށްފަހު، އެކައުންޓިންގ އެންޑް ފައިނޭންސް ގެ ސީނިއަރ ލެވެލްގެ މަގާމެއްގައި ފުލްޓައިމްކޮށް މަސައްކަތްކޮށް މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ހާސިލްކޮށްފައިވުން.

ނުވަތަ

  • އެކައުންޓިންގ އެންޑް ފައިނޭންސް މި ދާއިރާއިން ލެވެލް 9 ގެ ޕޯސްޓް ގްރެޖުއޭޓް ސަނަދެއް ހާސިލްކުރުމަށްފަހު،  އެކައުންޓިންގ އެންޑް ފައިނޭންސްގެ ސީނިއަރ ލެވެލް މަގާމެއްގައި ފުލްޓައިމްކޮށް މަސައްކަތްކޮށް މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ހާސިލްކޮށްފައިވުން.

 

  • އާއްމުކޮށް ބޭނުންކުރާ އެކައުންޓިންގ ސޮފްޓްވެއަރ ތަކަށް އަހުލުވެރިވެ އެސޮފްޓްވެއަރ ބޭނުންކޮށްގެން އެކައުންޓްސް މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން

ނޯޓް:

  • މިވަޒީފާޔަށް އެދި އެޕްލިކެޝަން ހުށަހަޅާއިރު، ހުށަހަޅާ ސެޓްފިކެޓްތަކުގެ ކޮޕީ ހުންނަންވާނީ އެކްރެޑިޓްކުރެވި އަދި އެޓެސްޓް ކުރެވިފައެވެ.
  • މަސައްކަތުގެ ތަޖުރިބާކަމުގައި ބެލޭނީ ވަޒީފާއަދާކުރި ތަނުގެ ރަސްމީ ލިޔުމަކަށެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކުންފުނީގެ ދުވަހުން ދުވަހަށް ހިނގާ ހިސާބުތައް ބެލެހެއްޓުން
  • ކުންފުނިން ހިންގާ އެންމެހާ ޕްރޮގްރާމްތަކުގެ ހިސާބުތަކާއި ޚަރަދުތައް ބެލެހެއްޓުން.
  • ކުންފުނީގެ ފައިނޭންސް ޑިޕާރޓްމަންޓް ދުވަހުން ދުވަހަށް ހިންގުމާއި، މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ދިނުމާއި، ފަންނީ ލަފާ ފޯރުކޮށްދިނުމާއި، މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަށޭނަ މާޙައުލެއް ގާއިމްކޮށްދިނުން.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

މިމަގާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.

  • ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވައިޓޭ)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  • ކުރިން އަދާކޮށްފައިވާ އަދި މިހާރު އަދާކުރައްވަމުން ގެންދަވާ ވަޒީފާއާގުޅޭ މަޢުލޫމާތު (ކޮންޓެކްޓް ނަންބަރާއެކު) އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ

ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް

  • ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ.
  • bit.ly/finance-executive_IUMH-02
  • އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭ ގޮތަކަށެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުން ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލުވާނެއެވެ.

އިއުލާނުގެ މުއްދަތު ހަމަވާ ތާރީޚް:

15 މަރޗް 2021 ވަނަ ދުވަހުގެ 23:59 އަށް

އިތުރު މައުލޫމާތު:

  • އިންޓަރވިޔު ކުރެވޭނީ މަޤާމަށް ޝަރުޠުހަމަވާ އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ.
  •  މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް އަންގާނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • މަޤާމަށް ހޮވޭފަރާތުގެ ފުރަތަމަ 3 މަސްދުވަހަކީ ޕްރޮބޭޝަން މުއްދަތެވެ. އެމުއްދަތުގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާ އަޚުލާޤަށް ބަލައި، މަގާމަށް އެކަށީގެންނުވާނަމަ، ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން ހެނދުނު 09:00 އާއި މެންދުރު 14:00 އާއި ދެމެދު 9173107 އަށް ގުޅުއްވުން އެދެމެވެ.

 

 

08 މާރިޗު 2021
ހޯދާ