މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު ބަނދަރުގެ ދެކުނު ފަރާތުގައި އޮތް ބިން (800 އަކަފޫޓުގެ) ތެލުގެ ވިޔަފާރިކުރުމަށް 06 މަސް ދުވަހަށް ކުއްޔަށް ދޫކުރުމާއި ގުޅޭ:

މިރަށު ބަނދަރުގެ ދެކުނު ފަރާތުގައި އޮތް ބިން (800 އަކަފޫޓުގެ) ތެލުގެ ވިޔަފާރިކުރުމަށް 06 މަސް ދުވަހަށް ކުއްޔަށް ދޫކުރުމާއި ގުޅޭ:

 

 

                      މިރަށު ބަނދަރުގެ ދެކުނު ފަރާތުގައި ތެލުގެ ވިޔަފާރިކުރުމަށް ކަނޑައަޅާފައިވާ ކުލީބިމުގައި (ކުރިން ރިޝްވާ އެންޓަރޕްރައިސިސް ޕްރައިވެޓް ލިމިޓެޑްއަށް ދޫކުރި ބިން) ތެލުގެ ވިޔަފާރިކުރުމަށް 06 (ހައެއް) މަސް ދުވަހުގެ މުއްދަތަށް ބިން ކުއްޔަށް ހިފުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ބިޑްކުރުމުގެ ފުރުސަތު ހުޅުވާލަމެވެ.

                   ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 މާރިޗު 2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 25 މާރިޗު 2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ބިޑް ހުށަހެޅުއްވުން އެދެމެވެ.

  • ބިޑް ހުށަހަޅުއްވަން ވާނީ، މި އިދާރާއިން ތައްޔާރުކޮށްފައިވާ ބިޑް ހުށަހަޅުއްވާ ފޯމުންނެވެ. މި ދެންނެވި ފޯމް މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ދުވަހު މަޢުލޫމާތު ސާފު ކުރެއްވުމަށް ޙާޟިރުވާ ފަރާތްތަކާއި ހަވާލުކުރެވޭނެއެވެ. އަދި ބިޑް ތައްޔާރު ކުރަންވާނީ ބިޑްތައްޔާރުކުރުމަށް ދެވޭ މަޢުލޫމާތާއި އެއްގޮތަށެވެ.
  • ބިޑް ކެނޑުން އިސްވެ ދެންނެވުނު ގަޑީގައި މިއިދާރާގައި އޮންނާނެއެވެ. އަދި ބިޑް ކެނޑުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގެންނެވޭނަމަ، ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު ފޮނުވިދާނެއެވެ.
  • މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ބިޑް ބަލައެއް ނުގަނެވޭނެއެވެ. ބިޑް ހުށަހަޅަންވާނީ ބަންދުކުރެވިފައި އޮންނަ ސިޓީ އުރައެއްގައެވެ.

 

                 ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

           

08 މާރިޗު 2021
ހޯދާ