އިއުލާން
ވަޒީފާގެ ފުރުސަތު:
|
މެނޭޖަރ،ކޯޕަރޭޓް ފައިނޭންސް
|
މަޤާމް
|
މެނޭޖަރ
|
ކްލެސިފިކޭޝަން
|
މަހަކު 15,200އާއި 17,900 ރުފިޔާއާއި ދެމެދު (ހާސިލްކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)
|
މުސާރަ
|
- ލިވިންގް އެލަވަންސް: މަހަކު 4،000 ރުފިޔާ
- އެޓެންޑަންސް އެލަވަންސް: މަހަކު 3،000 ރުފިޔާ
- އެގްޒެކެޓިވް ރެސްޕޮންސިބިލިޓީ އެލަވަންސް : މަހަކު 5,000 ރުފިޔާ
|
އެހެނިހެން އިނާޔަތްތައް
|
1 (އެކެއް)
|
ބޭނުންވާ އަދަދު
|
ފައިނޭންސް
|
ބޭނުންވާ ސެކްޝަން
|
މޯލްޑިވްސް ސްޕޯރޓްސް ކޯޕަރޭޝަން، މާލެ
|
މަސައްކަތްކުރަންޖެހޭ ތަނާއި ރަށް
|
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ބެޗަލަރސް ޑިގްރީ ނުވަތަ އެފެންވަރުގެ ސަނަދެއް ޙާސިލްކޮށްފައިވުން އަދި ފައިނޭންޝަލް މެނޭޖްމެންޓް އާއި ގުޅުންހުރި ދާއިރާއަކުން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ ޝަރުތުތައް
|
- ކުންފުނީގެ ފައިނޭންޝަލް ސްޓްރެޓީޖިކް ޕްލޭންއެއް އެކުލަވާލައި އެއާއި އެއްގޮތްވާ ގޮތުގެމަތިން ކުންފުނީގެ ފައިނޭންސް ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.
- ކުންފުނީގެ ރައުސުލްމާލު އިތުރުކޮށް ޓާރގެޓްސްތަށް ހާސިލްކުރާނެ ގޮތްތަކަކާއިމެދު ލަފާއެރުވުން.
- ކުންފުނިން ދައްކަން ޖެހޭ ޓެކްސް އަދި މީރާއާއި ގުޅިގެން ކުރަން ޖެހޭ ހުރިހާ މުއާމަލާތްތަކެއް ކުރުން.
- ކުންފުނިން ކުރާނެ އިންވެސްޓްމެންޓްތަކާއި ގެންގުޅެން އެންމެ ރަނގަޅު އުކުޅުތަކާއި ގުޅޭ ގޮތުން މެނޭޖްމަންޓަށާއި ބޯރޑަށް ލަފާއެރުވުމާއި ކުންފުނިން ހިންގާ މަޝްރޫޢުތަކުގެ ޚަރަދު ބެލެހެއްޓުން.
- ފައިނޭންޝަލް މޮޑެލިންގް ބޭނުންކޮށްގެން ކުންފުނީގެ ކޭޝް ފްލޯ ފޯކާސްޓް ތައްޔާރުކުރުން.
- ވިޔަފާރީގެ މަރުހަލާގައި ހިގާ މަޝްވަރާތަކުގައި ލަފާ ދިނުމާއި ވިޔަފާރީކުރާނެ ފަރާތްތަކާއި ބައްދަލުކޮށް މަޝްވަރާކުރުން.
- ފައިނޭންސް ޑިޕާޓްމެންޓްއާއި ގުޅުންހުރި ލީގަލް ލިޔެކިއުންތައް އަދި ޕްރޮސްޕެކްޓަސް ތައްޔާރުކުރުން.
- ފައިނޭންޝަލް ރިސްކްސް އަދި ރިޓަރން ޕްރެޑިކްޓް ކުރުން
- ބިޑް ޕްރޮޕޯސަލް ތައްޔާރުކުރުމަށް ލަފާދިނުން.
- އޮޑިޓް މަސައްކަތް ރާވާ ހިންގުން.
- ފައިނޭންސް ސެކްޝަންގެ މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމްތައް ރާވާ ހިންގުން.
- ބޭންކުގެ މުޢާމަލާތްތައް މޮނީޓަރކުރުން.
- ކުންފުނީގެ ފައިނޭންޝަލް ރިޕޯޓުތައް ކަޑައެޅިފައިވާ އުސޫލުގެ މަތިން ތައްޔާރުކުރުން.
- ކުންފުނީގެ މަހުން މަހަށް ކުރާ ޚަރަދުތައް ބެލެހެއްޓުން.
- ކުންފުނިން ހިންގާ މަޝްރޫޢުތަކަށް ބޭނުންވާނޭ ފައިނޭންސް ހޯދުމުގައި ސަރުކާރާއި ބޭންކްތަކާއި އަދި އެހެނިހެން ފައިނޭންޝަލް އިންސްޓިޓިއުޓްތަކާއި ގުޅިގެން މަސައްކަތްކުރުން.
- ހަވާލުކުރެވޭ މަސައްކަތާ ގުޅިގެން، އަދާކުރަންޖެހޭ އެހެނިހެން މަސްޢޫލިއްޔަތުތައް އަދާކުރުން.
- ވަޒީފާއާއި ގުޅިގެން ހަދާﷲައިވާ ނުވަތަ ހެދިފައިވާ ވޯކްޕްލޭން އަދި އެސް.އޯ.ޕީ އާއި އެއްގޮތަށް މަސައްކަތްތައް ރާވާ ކުރިއަށް ގެންދިއުން،
- ޙަވާލުކުރެވޭ މަސައްކަތާއި ގުޅިގެން އަދާލކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތު އަދާކުރުން
- ކޯޕަރޭޝަންގެ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
- ކޯޕަރޭޝަންގެ ސިއްރު ހިފެހެއްޓުމާއި ކޯޕަރޭޝަންގެ އެކިއެކި ވަސީލަތްތަކަށް ރައްކާތެރިވުން
- މީގެ އިތުރުން ޚާއްސަ ހާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް އަދި މެޖޭނިންގ ޑިރެކްޓަރ ހަވާލުކުރާ މަސައްކަތްތައް ކުރުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
މި މަޤާމަށް ކުރިމަތިލާ، ފަރާތްތަކުގެ ތެރެއިން އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި އެފަރާތްތަކާ އެކު ކުރެވޭ އިންޓަވިއު މާރޗް 20-30 އާއި ދެމެދު މާލޭގައި ބޭއްވޭނެއެވެ.
|
އިންޓަވިއުކުރުން
|
- ވަޒީފާގެ ދާއިރާގެ މަސައްކަތްތަކުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
- ތަޢުލީމީ ސެޓްފިކެޓް
- އިންޓަވިއުއިން ލިބޭ މާރކްސް
|
މީހުން ހޮވުމުގައި ބާލާނެ ކަންތައްތައް
|
- ވަޒީފާއަށް އެދޭ ފޯމު (މި އިޢުލާންއާއިއެކުވާ ލިންކުން ޑައުންލޯޑްކުރެވޭނެ)
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއެއް.
- ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
18 މާރިޗް 2021 ވާ ބުރާސްފަތި ދުވަހު 12:00 ގެ ކުރިން ބަންދުކޮށްފައިވާ ސިޓީއުރައެއްގައި މެނޭޖިންގް ޑިރެކްޓަރއަށް އެޑްރެސްކޮށް ގަލޮޅު ދަނޑުގައި ހުންނަ މިކޯޕަރޭޝަންގެ އޮފީހަށް ހުށަހެޅުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލްކުރުން އެދެމެވެ.
|
ސުންގަޑި
|
މަޢުލޫމާތު ހޯދުމަށް (ހެނދުނު 9:00 އިން މެންދުރު 13:00 ދެމެދު) ގުޅާނީ، 3336725 ނަންބަރު ފޯނަށް
|
އިތުރު މަޢުލޫމާތު
|
24 ރަޖަބު 1442
8 މާރިޗް 2021
|