ހއ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
އިޢްލާން

ހއ. އަތޮޅު މަދަރުސާގައި ސޭފް ރޫމެއް ހެދުމަށް ބޭނުއްވެއްޖެއެވެ.   (ތިންވަނަ ފަހަރު)

1         މި މަދަރުސާގައި ސޭފްރޫމެއް ހެދުމަށް ބޭނުންވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ހުޅުވާލެވުނު ދެވަނަ ފުރުޞަތުގައިވެސް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވުމާއި، ހުށަހެޅިފައިވާ ބައެއް ބިޑްތަކާގުޅޭ ލިއުންތައް ފުރިހަމަނުވާތީ، ތިންވަނަ ފަހަރަށް  ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

2         މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 މާރިޗް 09 ން 2021 މާރިޗް 11 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މި މަދަރުސާގެ އޮފީހަށް ވަޑައިގެން ނުވަތަ ފޯނުން ނުވަތަ މެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

3         މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 މާރިޗް 15 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4         ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2021 މާރިޗް 16 ވަނަ ދުވަހުގެ 11:00 ގައި މި މަދަރުސާގެ މީޓިންގ ރޫމުގައެވެ.

5         މިމަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 5,000/- (ފަސްހާސް) ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީ ބަލައިގަންނާނީ، މަދަރުސާގެ އޮފީހުންނެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ.

6         މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

7         ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހއ. އަތޮޅު މަދަރުސާ

ހއ. ހޯރަފުށި / ދިވެހިރާއްޖެ

ފޯން:  6500296 / 6500294

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: [email protected]

 

24 ރަޖަބު 1442

  08 މާރިޗް 2021

08 މާރިޗު 2021
ހޯދާ