ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރެޒެންޓަރ ޕްރޮޑިއުސަރ

މަޤާމް :އެސިސްޓެންޓް ޕްރެޒެންޓަރ ޕްރޮޑިއުސަރ
ބޭނުންވާ އަދަދު :5

ވަޒީފާގެ ފުރުޞަތު                         

 

މަޤާމް

އެސިސްޓެންޓް ޕްރެޒެންޓަރ ޕްރޮޑިއުސަރ

އަސާސީ މުސާރަ

-/5,000 ރުފިޔާ

އެލަވަންސްތައް:

-/3,000 ރުފިޔާ

މަޤާމުގެ ރޭންކް

ޓީޕީ 9

ބޭނުންވާ ޢަދަދު:

5

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ރޭޑިއޯ ޕްރޮޑަކްޝަން

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

  • މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު ކުންފުނީގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން އެއްބަސްވުން އާ ކުރެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  • ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން ނުވަތަ 
  • މަތީސާނަވީ އިމްތިހާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • އުފައްދަންޖެހޭ ޕްރޮގްރާމްތަކުގެ ޕްރޮޕޯސަލް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ހުށަހަޅާ ފާސްކޮށް، ޕްރޮގްރާމް އުފެއްދުމާއި ޕްރޮގްރާމް ޕްރެޒެންޓްކޮށް ،ޕްރޮގްރާމްތަކަށް އަޑުއެޅުން.
  • ޕްރޮގްރާމް ޕްރެޒެންޓް ކުރުން އަދި ޕްރޮގްރާމްތަކާއި ސްޕޮޓް، އިޝްތިހާރު، ރިޕޯރޓް، ޑްރާމާ ފަދަ ކޮންޓެންޓްތަކަށް އަޑުއަޅައިދިނުން.
  • އުފައްދާ ޕްރޮގްރާމްތަކުގެ ކޮންޓެންޓް ކަނޑަ އެޅިފައިވާ އުސޫލްތަކާ އެއްގޮތަށް ތައްޔާރު ކުރުމާއި އަދި ޕްރޮގްރާމް އުފެއްދުން.
  • ޚަބަރު ކިޔުމާއި ކޮންޓިނިއުޓީ ގަޑި ފުރިހަމަ ކުރުމާއެކު ކޮންޓިނިއުޓީ އެނައުންސަރަކު އަދާކުރަންޖެހޭ ހުރިހާ މަސްއޫލިއްޔަތެއް އަދާކުރުން.
  • ޕީ އެސް އެމްގެ ރޭޑިއޯ ޗެނަލްތަކުން ވަގުތުން ދުރަށްފޮނުވާ ރަސްމިއްޔާތުތަކާއި ޙަފްލާތަކުގެ ރަނިންގ ކޮމެންޓްރީ ދިނުން.
  • ޕްރޮގްރާމް އުފެއްދުމާއި ގުޅޭގޮތުން ޚިޔާލާއި މަޝްވަރާ ދިނުމާއި އަދި ކުންފުނީގެ އުފެއްދުންތަކުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރުން.
  • ކަނޑައެޅިފައިވާ  އުސޫލްތަކާ އެއްގޮތަށް އުފައްދާ ޕްރޮގްރާމްތައް ރިވިއު ކުރުމަށްޓަކައި ރިވިއުއަށް ބޭނުންވާ ޕްރޮގްރާމްތަކުގެ ރިކޯރޑިން ސްޕަވައިޒަރަށް ދިނުމާއި އަދި ޕީއެސްއޭ އިޝްތިހާރު އުފއްދުން.
  • ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް އުފައްދާ ޕްރޮގްރާމްތަކުގައި ނިއު މީޑިއާ ބޭނުންކުރުމާއި، ޕްރޮގްރާމްތައް އިޝްތިހާރު ކުރުމަށް ނިއު މީޑިއާގެ ޕްލެޓްފޯމްތައް ބޭނުންކުރުމާއި އަދި އުފައްދާ ޕްރޮގްރާމްތައް ކަނޑައެޅިފައިވާ އުސޫލްތަކާ އެއްގޮތަށް ސައުންޑް ކްލައުޑާއި ޔޫޓިއުބަށް އަޕްލޯޑް ކުރުން.
  • އުފައްދާ ޕްރޮގްރާމްތަކުގެ ރެކޯރޑް ބެލެހެއްޓުމާއި އަދި ޕްރޮގްރާމްތަކުގެ ޕްރޮމޯ (ޓްރޭލާ) ތައްޔާރުކޮށް ޕްރޮމޯ އޮންއެއަރ ކުރުން .
  • އުފައްދާ ޕްރޮގްރާމްތައް ކަނޑައެޅިފައިވާ އުސޫލްތަކާ އެއްގޮތަށް ހަވާލުކުރަންޖެހޭ ފަރާތްތަކާ ޙަވާލުކުރުމާއި ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމާއި  އަދި ޕްރޮގްރާމް ލާންޖެހޭ ފޯލްޑާތަކަށް ލުން.
  • އޮންއެއަރ ޝެޑިއުލް ހެދުމަށް ބޭނުންވާ މަޢުލޫމާތު އޮންއެއަރ ޝެޑިއުލް ހެދުމާ ހަވާލުކުރެވިފައިވާ މުވައްޒަފަށް ދިނުން.
  • މަސައްކަތާ ގުޅޭގޮތުން ފުރިހަމަ ކުރުމަށް ޙަވާލުކުރުވޭ އެންމެހޭ ލިޔެކިޔުންތައް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ފުރިހަމަ ކުރުމާއި އަދި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  • މީގެ އިތުރުން ވަޒީފާގެ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން.

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • އެކްރެޑިޓް އަދި އެޓެސްޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެޓެސްޓްނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެއެވެ.)
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ.
  • ޕޮލިސް ރިޕޯރޓް. (3 މަސް ހަމަނުވާ)

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު  އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 14 މާރޗް 2021 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careers އަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000379، 3000364 އާއި ގުޅުއްވުން އެދެމެވެ.

                           24 ރަޖަބް 1442

08 މާރިޗު 2021
ހޯދާ