ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލަށް ބޭނުންވާ ވެހިކަލް ހޯދުމާއިބެހޭ

  1. ފުވައްމުލަކު ސިޓީ ކައުންސިލަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި ސަޕްލައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު  (IUL)468-U01/468/2021/30އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. ހޯދުމަށް ބޭނުންވާ ތަކެތި: 1 ބަކެޓް ޓްރަކް، 1 ރޯޑް ވެކިއުމް ވެހިކަލް
  3. މި ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބިޑް ހުށަހެޅުއްވުންއެދެމެވެ. ބިޑް ވިއްކުން އޮންނާނީ 07 މާރިޗް 2021 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ން ފެށިގެން 15 މާރިޗް 2021 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 އަށެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 500.00ރ (ފަސްސަތޭކަ ރުފިޔާ) އެވެ. ބިޑް ޑޮކިއުމެންޓް ވިއްކުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށްވާތީ، މި އިދާރާގެ ޕްރޮކިއުމަންޓް ޔުނިޓްގެ މެއިލްއަށް ([email protected]) ބިޑް ގަތުމަށް (ބިޑް ގަންނަން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) މެއިލްކޮށްދެއްވުން އެދެމެވެ.
  4. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން އޮންނާނީ 22 މާރިޗް 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.
  5. މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 18 މާރިޗް 2021 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 18 މާރިޗް 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
  6. މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.
  7. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 ފުވައްމުލަކު ސިޓީ ކައުންސިލް،

 ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

  ފޯން:  6862830

07 މާރިޗު 2021
ހޯދާ