މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކްގެ އިންވެންޓްރީ ނަގައި އަޕްޑޭޓް ކުރުމާއި ސްޓޮކް އަޕްޑޭޓް ކުރާނެ ފަރާތެއް ހޯދުން

 

 

އިޢުލާން

މޯލްޑިވްސް ޕޮލިޓެކްނިކްގެ އިންވެންޓްރީ ނަގައި އަޕްޑޭޓް ކުރުމާއި ސްޓޮކް އަޕްޑޭޓް ކުރާނެ ފަރާތެއް ހޯދުން

މޯލްޑިވްސް ޕޮލިޓެކްނިކްގެ އިންވެންޓްރީ ނަގައި އަޕްޑޭޓް ކުރުމާއި ސްޓޮކް އަޕްޑޭޓް ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. އެހެންކަމުން މި މަސައްކަތް ކުރެއްވުމަށް ޝައުގުހުރި ފަރާތްތަކަށް، މި އިއުލާނާ އެކުގައިވާ ޓީ.އޯ،އާރްގައި ބަޔާންކޮށްފައި ހުރި ގޮތަށް، މައުލޫމާތު ހުށަހެޅުއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދައުވަތު އަރުވަމެވެ.

 މި އިޢުލާނާއި ގުޅިގެން ބާއްވާ މައުލޫމާތު ސެޝަން އޮންނާނީ 16 މާރިޗު 2021 ވާ އަންގާރަ ދުވަހުގެ 11:00 ގައި މޯލްޑިވްސް ޕޮލިޓެކްނިކްގައެވެ.

އަދި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާނަމަ 24 މާރިޗް 2021 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން  [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

އަންދާސީހިސާބު ބަލައިގަތުން އޮންނާނީ، 25 މާރިޗް 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި  މޯލްޑިވްސް ޕޮލިޓެކްނިކްގައި، އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

7 މާރިޗު 2021

 

07 މާރިޗު 2021
ހޯދާ