މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
އަރި އަތޮޅުގައި ހިމެނޭ ތިމާވެށީގެ ގޮތުން ޙާއްސަ 16 ސަރަހައްދެއްގެ "އިކޮލޮޖިކަލް ސާވޭ" ހެދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޮންސަލްޓެންސީ ހިދުމަތުގެ ބީލަން ހުށަހެޅުމުގެ ދައުވަތު

ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން 2019-2023 ގެ ޖަޒީރާ ދިރިއުޅުމުގެ ސެކްޓަރގައި ހިމެނޭ ވަޢުދު ތަކުގެ ތެރޭގައި ކޮންމެ އަތޮޅަކުން މަދުވެގެން ދިހަ އިންސައްތަ ފަރުގެ ސަރަހައްދާއި، ވިހި އިންސައްތަ ކުޅިފާ ޗަސްބިން ހިމާޔަތްކުރުމާއި، ކޮންމެ އަތޮޅަކުން މަދުވެގެން 1 ރަށާއި، 1 ފިނޮޅާއި، 1 ފަރާއި، 1 ކަނޑޫފާ ޗަސްބިން ހިމާޔަތްކުރުން ހިމެނެއެވެ. މިގޮތުން ޤާނޫނު ނަންބަރު: 93/4 (ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ގާނޫނު)ގެ ދަށުން ހިމާޔަތްކުރުމަށްޓަކައި، އަރި އަތޮޅު އުތުރުބުރި އަދި އަރި އަތޮޅު ދެކުނުބުރީގައި ހިމެނޭ ތިމާވެށީގެ ގޮތުން ޙާއްސަ 16 ސަރަހައްދެއްގެ "އިކޮލޮޖިކަލް ސާވޭ" ހެދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޮންސަލްޓެންސީ ހިދުމަތުގެ ބީލަން ހުށަހެޅުމުގެ ދައުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން އަރުވަމެވެ.  

މި މަސައްކަތުގެ "ޓާމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން،އީމެއިލް-އެޑްރެސް އަދިގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 60 ދުވަސް އޮންނަންވާނެއެވެ.

ބީލަން ހުށަހަޅާނީ 17 މާރިޗު 2021 ވާ ބުދަ ދުވަހު 11:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގެ ރިސެޕްޝަނަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް  އަނބުރާ ރައްދު ކުރެވޭނެއެވެ.  ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 17 މާރިޗު 2021 ވާ ބުދަ ދުވަހު 11:00 މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 15 މާރިޗު 2021  ވާ ހޯމަ ދުވަހު 12:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް: [email protected]

ކޮޕީ: [email protected]

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިއުމަންޓް ސެކްޝަން،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

މަޝްރޫޢު ނަން: އަރި އަތޮޅު ދެކުނުބުރީގައި ހިމެނޭ ތިމާވެށީގެ ގޮތުން ޙާއްސަ 16 ސަރަހައްދެއްގެ "އިކޮލޮޖިކަލް ސާވޭ" ހެދުމުގެ މަސައްކަތް

އިޢުލާނު ނަންބަރު: (IUL) 438-ENV/438/2021/47

 ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިގެންވެއެވެ.

07 މާރިޗު 2021
ހޯދާ