ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިލްކުވެރިކަމާއި ގުޅޭ

މިރަށު ބަނދަރު ސަރަހައްދުން ކުއްޔަށް ދޫކުރުމަށް ފާހަގަކޮށްފައިވާ B174 ( ކުޑަހުވަދޫ މާކޯގެ އާއި ފިޔަގޯތީގެ އުތުރުން އަމީނީމަގާ ދެމެދުންވާ ބިން) ގައިވާ ރުއްގަހުގައި ހުދުކުލައިން 1ން 32 އަށް ނަންބަރު ޖަހާފައިވާނެއެވެ.

ވީމާ އެ ރުއްގަހުގެ ވެރިން 16 މާރޗް 2021ވަނަ ދުވަހުގެ 14:00ގެ ކުރިން، ރުއްގަހުގައި ޖަހާފައިވާ ނަންބަރު އެނގޭނޭހެން އައިޑީކާޑުގެ ކޮޕީއަކާއެކު ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. ބަދަލު ދިނުމަށް ހަމަޖެހިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ރުއްގަހަށެވެ. އެއީ:-

  • މިއިދާރާއިން ބަދަލުގެ ގޮތުގައި ދީފައިވާ ރުއްގަހާއި،
  • މިއިދާރާއިން ހުއްދަ ހޯދައިގެން އިންދާފައިވާ ރުއްގަހަށާއި
  • މިއިދާރާގައި ރަޖިސްޓްރީ ކޮށްފައިވާ ރުއްގަހަށެވެ.

މިނޫން ރުއްގަހަށް ބަދަލެއް ނުލިބޭނެއެވެ. އަދި ނަންބަރު ޖަހާފައިވާ ރުއްގަސްފިޔަވައި އެހެންތަކެތި އެތަކެތީގެ ވެރިން މަތީގައި ބަޔާންކޮށްފައިވާ ތާރީހަށް އެތަނުން ނަންގަވާ ތަންހުސްކުރުމަށް އާއްމުކޮށް އަންގައި އިޢުލާންކުރީމެވެ.

07 މާރިޗު 2021
ހޯދާ