އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ވެހިކަލް ސާރވިސްކޮށް މަރާމާތުކޮށްދޭނޭ ފަރާތެއް ހޯދުމަށް

ޢިއުލާން

 

 

            އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް އަދި ފޭދޫ ސިއްހީ މަރުކަޒުގައި ބޭނުންކުރަމުން އަންނަ އެމްބިއުލާންސް އަދި ވެހިކަލްތަކަށް ސާރވިސްކޮށް މަރާމާތުކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. އެހެން ކަމުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް އެމަސައްކަތް ކޮށްދޭންޝައުޤުވެރިވާ ފަރާތްތައް 08 މާރިޗް 2021 ވާ ހޯމަ ދުވަހުން ފެށިގެން 16 މާރިޗް 2021  ވާ އަންގާރު ދުވަހުގެ  މެންދުރުފަހު 13:30  އާއި ދެމެދު  [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 16 މާރިޗް 2021 ވާ  އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގައި މިހޮސްޕިޓަލުގެ ކޮންފަރެންސް ހޯލުގައި އޮންނާނެއެވެ. ރެޖިސްޓްރީ ކުރެއްވުމަށް މެއިލް ކުރައްވާ ފަރާތްތަކުން އިއުލާން ނަމްބަރ އަދި ޕްރޮޖެކްޓްގެ ނަން އީމެއިލްގެ ސަބްޖެކްޓްގައި ޖެއްސެވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 23 މާރިޗް 2021 ވާ އަންގާރަ ދުވަހުގެ 13:30ގައި މި މިހޮސްޕިޓަލުގެ ކޮންފަރެންސް ހޯލުގައެވެ. ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.

މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ.

07 މާރިޗް 2021

07 މާރިޗު 2021
ހޯދާ