އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ކޮމިޝަނުގެ ރަސްމީ ގަޑި ބަދަލުވުމާއި ކޮމިޝަނުން ދެމުންދާ އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމާ ގުޅޭ

    (IUL)38-AA/38/2020/90 :ނަންބަރު                             

                                        

 

 

އިޢުލާނު

 

7 މާރިޗް 2021 ވާ އާދިއްތަ ދުވަހުން ފެށިގެން ޢާންމު ފަރާތްތަކުން މި ކޮމިޝަނަށް ހާޟިރުވެގެން ޚިދުމަތް ހޯއްދެވުމުގެ ފުރުޞަތު ހުޅުވާލުމަށް، މި ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

އެހެންކަމުން، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 16:00 އަށް މި ކޮމިޝަނުން ޢާންމު ފާރާތްތަކަށް ޚިދުމަތްދެމުން ގެންދާނީ، އިންތިޚާބާބެހޭ މަރުކަޒު ބައުޖަމާލުއްދީންއިން ކަމުގައި ދެންނެވީމެވެ.

އަދި މިދެންނެވުނު ގޮތަށް ކޮމިޝަން ހުޅުވާލެވުނު ކަމުގައި ވިޔަސް ކޮމިޝަންގެ އީ-މެއިލް އަދި އީ-ގަވަރމެންޓް (ޖެމްސް) [email protected] މެދުވެރިކޮށްވެސް ލިޔެކިޔުން ފޮނުވޭނެކަމުގައި ދެންނެވީމެވެ.

ވީމާ، މިކަން ޢާންކޮށް އަންގައި އިޢުލާން ކުރަމެވެ.

22 ރަޖަބު  1442

 

 

 

 

06 މާރިޗު 2021
ހޯދާ