ގުޅީ ޞިއްޙީ މަރުކަޒު، ކ.ގުޅި
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :މަސައްކަތު
ބޭނުންވާ އަދަދު :1

 

`

 

 

ގުޅީ ޞިއްޙީމަރުކަޒު

Gulhee Health Centre

ކ.ގުޅި،  ދިވެހިރާއްޖެK.Gulhi ,  Rep of Maldives

 

ވަޒީފާގެ ފުރުޞަތު

ނަމްބަރ: (IUL)H11-HC/2021/01

ތާރީޙް: 04 މާރިޗު 2021

 

        ކ.ގުޅި ޞިއްޙީމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެކެވެ. 

މަޤާމް

މަސައްކަތު

މަޤާމުގެ ނަންބަރު:

J-254020

ބޭނުންވާ ޢަދަދު:

01 (އެކެއް)

ގިންތި: 

ދާއިމީ

ރޭންކް:

އެސް.އެސް 1

ކްލެސިފިކޭޝަން: 

ސަޕޯޓް ސްޓާފް ގރ 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ގުޅި ޞިއްހީ މަރުކަޒު ، ކ.ގުޅި

މުސާރަ:

-/3100 ރުފިޔާ ( މަހަކު )

ސަރވިސް އެލަވަންސް:

-/1000 ރުފިޔާ ( މަހަކު )

 

 

އެހެނިހެން އެލަވަންސް:

  1. ސަޕޯރޓިންގ ކޯ އެލަވަންސް. ( މަހަކު -/1200 ރ )
  2. ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.
  4. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި، ވާޖިބުތައް:

  1. މަރުކަޒުގެ އެތެރާއި ބޭރު ފޮޅައި ސާފުކުރުމާއި، މެޝިނަރީއާއި އިކްއިޕްމަންޓްސް ސާފުކޮށް ބެލެހެއްޓުން.
  2. މަރުކަޒުގެ ފުރާޅާއި ދިޔަދޮވި އަދި ފެންނަގަން ބޭނުންކުރާ ތާނގީތައް ދޮވެސާފުކޮށް ތާންގީތަކަށް ފެންނެގުން.
  3. މަރުކަޒުގެ މެނޭޖްމެންޓުން ހަމަޖައްސައި އަންގާ ގޮތުގެ މަތީން އިމާރާތުގެ ފަރުނީޗަރާއި، ފަންކާތަކާއި ދޮރުތަކާއި ސީލިންގްފޮހެ ސާފުކުރުރުން.
  4. މަރުކަޒުން އަންގާ އުސޫލެއްގެމަތީން ފާޚާނާތައް ދޮވެ ސާފުކުރުން.
  5. މަރުކަޒުން އެކިއެކި ތަންތަނަށް ފޮނުވާތަކެތި ފޮނުވުމާއި، ސިޓީމެސެޖްފަދަ ތަކެތި ރައްދުކުރުމަށް އެހީތެރިވުން.
  6. މަރުކަޒުގެ ބޭނުމަށް ގެންނަން ޖެހޭ މުދަލާއި ތަކެތި މަރުކަޒަށް ގެނައުން.
  7. މަރުކަޒަށް ޒިޔާރާތްކުރާ އެންމެހައި ޓީމްތަކަށް މެހެމާންދާރީ އަދާކުރުމަށް ކުރަންޖެހޭކަންކަން ކުރުމާއި އެފަދަ ޓީމްތަކަށް އެހީތެރިވެދިނުން.
  8. މަރުކަޒުގެ ގޯތިތެރޭގައިވާ ގަސްތައް ކޮށާ ބެލެހެއްޓުމާއި، ބަގީޗާ ގަސް އިންދާ ގަސްތަކަށް ފެންދީ ބެލެހެއްޓުން.
  9. މަރުކަޒުގެ ދިދަ ގަވައިދުން ނެގުމާއި ތިރިކުރުން.

މަޤާމުގެ ޝަރުތުތައް

ދިވެހިރާއްޖޭގެ ގައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 1 ގެ ސަނަދެއް ހާސިލް ކޮށްފައިވުން ، ނުވަތަ ގްރޭޑް 6 ނިންމާފައިވުން.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯރމް ސިވިލް ސާރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ގުޅީ ސިއްޙީމަރުކަޒުގެ އޮފީހުން ލިބެން ހުންނާނެ އެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ،އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައިޑީ ކާރޑް ގެއްލިފައި ވާނަމަ ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކޭޓް ، ޕާރސްޕޯރޓް ނުވަތަ ޑްރައިވިންގް ލައިސަންސް
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ ، ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ: ސެޓްފިކޭޓް ނެތް ހާލަތްތަކުގައި ، ކޯސް ފުރިހަމަ ކުރި ކަމުގެ ލިއުމުގެ ކޮޕީއާއި ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އިން ދޫކޮށްފައިވާ އެމް. ކިއު. އޭ އެސަސްމަންޓް ރިޕޯރޓް ގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތައުލީމްދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކޭޓް ތަކުގެ ކޮޕީއާއި ޓްރާނސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިއުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 

  1. މަސައްކަތުގެ ތަޖުރިބާގެ ލިއުންތަކުގެ ކޮޕީ:

    (ހ) ސިވިލްސާރވިސްގެ ވަޒީފާ އެއްގައި ، ދައުލަތުގެ މުއައްސަސާއެއްގައި ، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ ، އަދި ވަޒީފާގެ މުއްދަތާއި ( އަހަރާއި ، މަހާއި ދުވަސް އެނގޭގޮތަށް ) ، ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގެ ތަފާތު މަގާމް ތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިއުން.

    (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ ، ވަޒީފާ އަދާކުރި މުއްދަތާއި ( އަހަރާއި މަހާއި ދުވަސް އެނގޭ ގޮތަށް ) ، ވަޒިފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމް ތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިއުން.

    (ނ) ގައުމީ ނުވަތަ ބައިނަލް އަގުވާމީ ޖަމިއްޔާ / ޖަމާއަތެއްގައި މަސައްކަތް ކޮށްފައި ވާނަމަ ، އަދާކޮށްފައިވާ ވަޒީފާ އަދާކުރި މުއްދަތާއި ( އަހަރާއި މަހާއި ދުވަސް އެނގޭ ގޮތަށް ) ، ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގެ ތަފާތު މަގާމް ތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިއުން. ( މި ލިއުމުގައި އަދާކޮށްފައިވާ މަގާމަކީ މުސާރަ ދެވޭ މަގާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިއުމެއް ހުށަހަޅާން ވާނެއެވެ.)

     (ރ) އުވާލާފައިވާ ދައުލަތުގެ އިދާރާއެއްގައި ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ނުވަތަ ގައުމީ ނުވަތަ ބައިނަލް އަގުވާމީ ޖަމިއްޔާ / ޖަމާއަތެއްގައި މަސައްކަތް ކޮށްފައި ވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭ ގޮތަށް ) ، ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގެ ތަފާތު މަގާމް ތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިއުން ލިބެންނެތްނަމަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރިފަރެންސް ޗެކްފޯރމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބަލާނެ ކަންތައްތައް:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

 

މަޤާމަށް އެދެންވީ ގޮތާއި، ސުންގަޑި:

ވަޒީފާއަށް އެދޭ ފޯރމު މިމަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ.  މަޤާމަށް  އެދި ހުށަހަޅުއްވާ ތަކެތި ހުށަހަޅުއްވާނީ16 މާރިޗު 2020 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މިމަރުކަޒުގެ އޮފީހަށެވެ. ހުށަހަޅުއްވާ ތަކެތި އީ-މެއިލް  [email protected]ޒަރީޢާއިންވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯރމް ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 21 މާރިޗު 2021 އާއި 25 މާރިޗު 2021 އާއި ދެމެދު ކ. ގުޅި ސިއްޙީމަރުކަޒުގައެވެ.

 

ޝޯޓް ލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތި ލައިފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓްލިބޭ ފަރާތްތައް ޝޯރޓްލިސްޓް ކުރެވޭއެވެ.

 ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް(A2 ފޯމް) އާއްމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް) "އާންމުކޮށް ފެންނާނެހެން މިއިދާރާގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 30 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލުމާތު

މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި ނަންބަރު 9134603 ފޯނަށެވެ. އީ-މެއިލް ކުރައްވާނީ [email protected]  އަށެވެ.

 

                           20 ރަޖަބު  1442  

                           04 މާރިޗު 2021    

                                

 

 

                                               ޙުސައިން ފަހުދު 

                                  ( ސީނިއަރ އެޑްމިނިސްޓްރޭޓަރ،ހެލްތް ސަރވިސަސް )                                                                                                                          

05 މާރިޗު 2021
ހޯދާ