މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުއްނަޞްރުގައި ކުލަދަވާދު ލުމާއި ބައެއް މަރާމާތު ކުރުން

         މަސައްކަތައް ބޭނުންވާ މައިގަނޑު ތަކެތި ދިނުމުން މިރަށު މަސްޖިދުއްނަޞްރުގައި ކުލަ ދަވާދު ލުމާއި ބައެއް މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން މިއިދާއިން ކުރި ނަންބަރ: (IUL)296-A/296/2020/30 އިޢުލާނަށް އެއްވެސް ފަރާތަކުން އަގު ހުށައަޅުއްވާފައި ނުވާތީ ،  އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާން ކުރަމެވެ.  މިމަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން 2021މާރިޗް 08ބާ ހޯމަ ދުވަހުގެ 13.00ގެ ކުރިން މިއިދާރާއަށް ދުރުވެ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މަސައްކަތާ ބެހޭ ގޮތުން އެއްވެސް ސުވާލެއް އޮތްނަމަ 2021މާރިޗް 17ވާ ބުދަ ދުވަހުގެ 11.00ގެ ކުރިން ކައުންސިލް އިދާރާއަށް  ލިޔުމުން ފޮނުއްވުން އެދެމެވެ.

             ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމުއް 2021މާރިޗް 17ވާ ބުދަ ދުވަހުގެ 13.00ގައި ކައުންސިލް އިދާރާގައި އޮންނާނެއެވެ.

             އަންދާސީ ހިސާބު ހުށައަޅުއްވާނީ 2021 މާރިޗް 24ވާ ހޯމަ ދުވަހުގެ 13.00ގެ ކުރިން ފޮއްދޫ ކައުންސިލް އިދާރާއަށެވެ. އަންދާސީ ހިސާބު ކެނޑުން އޮންނާނީ 2021މާރިޗް 24ވާ ހޯމަ ދުވަހުގެ 13.00ގައި މިއިދާރާގައެވެ.  މިމަސައްކަތް ކޮށްދިނުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަ ޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ.

            މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ( ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.  

              ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެއެވެ.

04 މާރިޗު 2021
ހޯދާ