އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަޕްލަޔަރަކު ހޯދުން

އިޢުލާން

 ސަޕްލަޔަރަކު ހޯދުން

 

މި ކައުންސިލްގެ ފަރާތުން މާލެ ސިޓީގައި ކުރަންޖެހޭ ބައެއް މަސައްކަތް ކުރުމާއި ބޭނުންވާ ތަކެތި މިރަށަށް ދަތުރުކުރާ އުޅަނދުފަހަރުގައި ފޮނުވައިދޭނެ ސަޕްލަޔަރަކު ބޭނުން ވެއްޖެއެވެ.

 

މަޤާމް:         ސަޕްލަޔަރ

ބޭނުންވާ ޢަދަދު:  1 (އެކެއް)

ވަޒީފާގެ ބާވަތް:   ކޮންޓްރެކްޓް އެމްޕްލޯއިމަންޓް

ވަޒީފާގެ މުއްދަތު: 6 (ހައެއް) މަސް ދުވަސް

އެލަވަންސް:     މަހަކު 2000.00 (ދެހާސް) ރުފިޔާ

 

މަޤާމުގެ މަސްއޫލިއްޔަތާއި މަސައްކަތް ކުރަންޖެހޭ ގޮތް:

  • ޑީ.އެން.އާރު އިން ނަގަން ޙަވާލުކުރެވޭ އައިޑީ ކާޑު ނަގައި ކައުންސިލަށް ފޮނުވުން.
  • މާލެ ސިޓީގެ ފިހާރަތަކުން އަގުބަލަންޖެހޭ ތަކެތީގެ އަގު ބެލުމުގެ މަސައްކަތްކުރުމާއި ލިޔުންތައް ކައުންސިލަށް ފޮނުވުން.
  • މާލެ ސިޓީގެ އޮފީސްތަކާއި ފިހާރަތަކުން ނަގަންޖެހޭ ތަކެއްޗާ ޙަވާލުވެ އެތަކެތި ކައުންސިލަށް ފޮނުވުން.
  • ސައިކަލުގައި ނުއުފުލޭ މުދާ އުފުލުމަށް ކުރާ ދަތުރުގެ ބިލް ކައުންސިލަށް ފޮނުވުން.
  • ޙަވާލު ކުރެވޭ މަޤާމުގެ މަސްއޫލިއްޔަތުތައް ޒިންމާދާރުކަމާ އެކު ކޮށް ނިންމާ ސުޕަވައިޒަރަށް ރިޕޯޓް ކުރުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މި މަސައްކަތް ކޮށްދިނުމަށް އެދި ހުށަހަޅާ ސިޓީ.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކޮޕީ.
  • މި ދާއިރާއިން ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ލިޔުން.

 

މަޤާމަށް ހޮވޭގޮތް:

  • މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ތަޖުރިބާ އާއި އިންޓަވިއުއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތް މި މަޤާމަށް ހޮވޭނެއެވެ.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

  • މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2021 މާރިޗު 11 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީމެއިލް މެދުވެރިކޮށް ފޮނުވާނީ [email protected] އަށެވެ.

 

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

  • މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަށް ބާއްވާ އިންޓަވިއު 14 މާރިޗު 2021 އާއި 18 މާރިޗު 2021 އާ ދެމެދު މި އިދާރާގައި އޮންނާނެއެވެ. އިންޓަވިއު އޮންނަ ދުވަހު ރަށުގައި ނުހުރެވޭ ފަރާތްތަކުން އޮންލައިންކޮށް އިންޓަވިއު ކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު:

  • މި މަޤާމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މި އިދާރާގެ ނަންބަރު 6660058 އަށް ގުޅުއްވުން އެދެމެވެ.

 

              މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                     20 ރަޖަބު 1442

                     4 މާރިޗު 2020

04 މާރިޗު 2021
ހޯދާ