މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ސްޓީވަޑޯރސް
ބޭނުންވާ އަދަދު :39

މުސާރަ:

-/ 3840ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

-/4،500 ރ - -/5،500 ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

- ގްރޭޑް 8 ފުރިހަމަކޮށްފައިވުން. (ގްރޭޑް 08 ފުރިހަމަ ކޮށްފައިވާ ކަމަށް ބެލެވޭނީ ސްކޫލް ލީވިންގް ސެޓްފިކެޓް ހުށަހެޅުމުންނެވެ.)

އަދި

- މިފަދަ މަޤާމެއް އަދާކުރުމުގެ ސިއްޙީ ޤާބިލްކަން ލިބިފައިވާ ފަރާތެއް ކަމުގައިވުން.

-އުމުރުން 35 އަހަރަށްވުރެ މަތީ މީހެއް ކަމުގައި ނުވުން.

- ފަތަން އިނގޭ ފަރާތެއް ކަމުގައި ވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ބަނދަރަށް އަންނަ ބޯޓު ފަހަރާއި އުޅަދުފަހަރުން މުދާ / ކޮންޓައިނަރ އަރުވައި ބޭލުމުގެ އެންމެހައި މަސައްކަތް ކުރުން.

- ބޯޓުފަހަރަށް އަރުވާ އަދި ބާލާ ކޮންޓެއިނަރ އާއި މުދަލުގެ އަންލޭޝިން / ލޭޝިން ކުރުން.

- މަސައްކަތް ކުރުމުގައި މުދަލާއި ތަކެއްޗަށް ގެއްލުން ނުލިބޭ ގޮތަށް ފަރުވާތެރިކަމާއި އެކު މަސައްކަތްކުރުން.

- ސުޕަވައިޒަރުންގެ އިރުޝާދާއި އެއްގޮތަށް މުދަލަށް ސަމާލުވެ މަސައްކަތް ކުރުން.

މަސައްކަތް ކުރަންޖެހޭ ވަގުތު:

ދަންފަޅި އުޞޫލުން ދުވާލަކު 08 ގަޑިއިރު

މަސައްކަތް ކުރަންޖެހޭ ތަން :

ކާގޯ އޮޕަރޭޝަންސް ޑިޕާޓްމަންޓް / މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ސުންގަޑި:

2021 މާރިޗް 11 ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ކުރިން.

ވަޒީފާތަކަން އެދި ހުށައަޅަންޖެހޭ ތަކެތި:

- މަޤާމަށް އެދިހުށައަޅާ ފޯމް

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

އިންޓަރވިއު މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2021 މާރިޗް 15 އާއި 31 ދެމެދުގައެވެ.

ފޯރމް ހުށަހަޅަންޖެހޭ އޮފީސް:  

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި  ކުންފުނީގެ ވެބްސައިޓް www.port.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ފޯރމް، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

03 މާރިޗު 2021
ހޯދާ