މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
To Hire a party to Design a Kids Story Book based on Folklore Tales

 

 (IUL)MMPRC-PRO/MMPRC/2021/12 :ނަންބަރު 

 

އިޢުލާން

 

                                      2021 ވަނަ އަހަރު މި ކޯޕަރޭޝަންގެ ފަރާތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބައިވެރިވާ ފެއަރ އަދި އެހެނިހެން ޓޫރިޒަމް ޕްރޮމޯޝަނަލް އިވެންޓްތަކުގައި ދިވެހިރާއްޖެ ޕްރޮމޯޓްކުރުމަށް ބޭނުންކުރާނެ ފޮތެއް ތައްޔާރުކުރުމަށް ބޭނުންވެއެވެ. މިފޮތަކީ ކުޑަކުދިންނަށް އަމާޒުކޮށް ގެން ތައްރުކުރުމަށް ބޭނުންވާ ފޮތެކެވެ. މިގޮތުން މިފޮތުގެ އިލަސްޓްރޭޝަން، ލޭއައުޓް އަދި ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

                                      ވީމާ،  މި މަސައްކަތްކޮށްދެއްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 2021 މާރިޗް 11 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މި ކޯޕަރޭޝަނަށް (ހ.ޒޮނާރިއާ، 2 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2021 މާރިޗް 17 ވާ ބުދަ     ދުވަހުގެ ހެނދުނު 11:00 އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

                                     މި އިޢުލާން އާއި އެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކުން 2021 މާރިޗް 17 ވާ ބުދަ ދުބަހުގެ ހެނދުނު 11:00 ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ އީމެއިލް އެޑްރެސް އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

އީމެއިން އެޑްރެސް: [email protected] copy to [email protected]

 

ނަން: ފާތިމަތު ރަހީލް

 

މަޤާމް: ޑިރެކްޓަރ

 

                      19 ރަޖަބު 1442

 

                      03 މާރިޗު 2021

 

 

03 މާރިޗު 2021
ހޯދާ