މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ޑިރެކްޓަރ

                      އިޢުލާން

މަޤާމް:

ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-328102

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އީ.އެކްސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް

ޑިޕާޓްމަންޓް / ސެކްޝަން:

ކޯޕަރޭޓް ޑިޕާޓްމަންޓް، ފައިނޭންސް ސެކްޝަން

މަސައްކަތު ގަޑި:

ހެނދުނު 08:00 ން މެންދުރުފަހު 14:00 އަށް

މުސާރަ:

މަހަކު 8835.00  ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު 2,000.00 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ޓެކްނިކަލް ކޯ އެލަވެންސް ގޮތުގައި މަހަކު 2473.80 ރުފިޔާ (މަޤާމުގެ އަސާސީ މުސާރައިގެ %28). ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ސަޕޯޓިންގ ކޯ އެލަވަންސް 2  ގޮތުގައި -/1100 ރުފިޔާ ލިބޭނެއެވެ.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިނިސްޓްރީން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ޤަވާއިދާއި އެއްގޮތަށް ދެއްކުމުގެ ކަންތައްތައް ކުރުވައި ޕޭމަންޓްތައް އެޕްރޫވް ކުރުން.
  2. ފައިނޭންސް ސެކްޝަންގެ މަސައްކަތްތައް ފައިސާއާއި ބެހޭ ޤަވާޢިދާއި އެއްގޮތަށް ރާވާ ހިންގައި ޑިޕާޓްމަންޓްގެ މުވައްޒަފުން ސުޕަވައިޒް ކުރުން.
  3. ޕީއޯތައް ރިލީޒް ކުރުން.
  4. ފައިސާއާއި ގުޅޭގޮތުން މިނިސްޓްރީން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކޮށް ކަނޑައެޅިފައިވާ ގޮތުގެ މަތިން ކަމާބެހޭ ފަރާތްތަކަށް ފޮނުވުމުގެ ކަންތައްތައް ހަމަޖެއްސުން.
  5. މިނިސްޓްރީގެ އެހެން ޑިޕާޓްމަންޓްތަކާއި ސެކްޝަންތަކާއި ގުޅިގެން މިނިސްޓްރީގެ އަހަރީ ބަޖެޓް ފޯމެޓާއި އެއްގޮތަށް ތައްޔާރުކޮށް ފިނޭންސް މިނިސްޓްރީއަށް ފޮނުވަންޖެހޭ ދުވަހަށް ފޮނުވުން.
  6. މިނިސްޓްރީގެ ބަޖެޓަށް ފައިސާ ލިބިފައިވާ ޕްރޮގްރާމްތަކާއި ޙަރަކާތްތައް ކަނޑައެޅިފައިވާ ގޮތަށް ހިންގުމަށް ޑިޕާޓްމަންޓްތަކާއި ސެކްޝަނަށްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުން.
  7. މިނިސްޓްރީގެ ފައިސާއާއި ގުޅޭ ކަންތައްތައް އޮޑިޓްކުރާ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށް ދިނުން.
  8. ބަޖެޓުން ޚަރަދުކުރެވޭ ކަންކަން މާލިއްޔަތު ޤާނޫނާއި އޮޑިޓް އުސޫލާއި އެއްގޮތަށް ދާކަން ކަށަވަރު ކުރުމާއި ކަމާބެހޭގޮތުން ނެރެވޭ ފަހުގެ އުސޫލާއި މާލިއްޔަތު ޤަވާއިދަށް ގެނެވޭ އަޕްޑޭޓްތައް، މުވައްޒަފުންނާއި ހިއްސާކުރުން.
  9. ސެކްޝަންގެ މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރުބަލާ ފޯމްތައް އަހަރު ފެށުމުން މަސައްކަތާއި ޓާގެޓް ކަނޑައެޅުމަށްފަހު އަހަރު ދެބައިވުމުން މިޑްޓާމް ރިވިއު ހެދުމާއި އަހަރު ނިމުމުން މުވައްޒަފުގެ ފޯމްތަކަށް މާރކްސް ދިނުން.
  10. މިނިސްޓްރީގެ ބިޑް އިވެލުއޭޝަން ކޮމެޓީގެ މެމްބަރެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  11. ފައިނޭންސް އެގްޒެކްޓިވްގެ މަސްއޫލިއްޔަތު މިނިސްޓަރ ހަވާލުކުރައްވާފިނަމަ އެމަޤާމްގެ މަސްއޫލިއްޔަތު އަދާކުރުން.
  12. މެންޑޭޓްގައިވާ އެހެނިހެން މަސައްކަތްތައް ހާސިލް ކުރުމަށް މިނިސްޓްރީގެ މުވައްޒަފުންނާއިއެކު މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  1. ފައިނޭންސް
  2. އެކައުންޓިންގ

މަޤާމުގެ ތައުލީމީ ރޮނގުތައް:

  1. އެކައުންޓިންގ
  2. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  3. ބިޒްނަސް މެނޭޖްމަންޓް
  4. ފައިނޭންސް

ކޯ ޑިސިޕްލިންގ:

  1. އެކައުންޓިންގ
  2. ފައިނޭންސް

ޕްރިފަރޑް ޑިސިޕްލިންގ:

މި މަޤާމަށް ޕްރިފަރޑް ޑިސިޕްލިންގ ކަނޑައެޅިފައިނުވެއެވެ.

ނޯޓް: ކޯ ޑިސިޕްލިންގ އާ ގުޅޭ ސެޓްފިކެޓެއް، ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެ ފަރާތަކަށް ކްރައިޓީރިއާގައި ކޯ ޑިސިޕްލިންގ އަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ (www.youth.gov.mv) ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.
  1. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޟެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ : ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 (ށ)  މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

 (ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތު )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ ދައުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް( ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ތަޢުލީމާއި ތަމްރީން.
  • މަސައްކަތުގެ ތަޖުރިބާ.
  • އިންޓަވިއު، އިމްތިޙާން އަދި ޕްރެޒެންޓޭޝަން
  • ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.
  • ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ (www.youth.gov.mv) ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

 

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10މާރިޗު 2021 ވާ ބުދަ ދުވަހު 13:00 ގެ ކުރިން އީމެއިލް [email protected] މެދުވެރިކޮށެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު ، ފައިލުގައި އެޕްލިކޭޝަން ހުށައަޅާ ފަރާތުގެ ނަމާއި އިޢުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު، އިމްތިހާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނީ، 11 މާރިޗު 2021 އާއި 11އޭޕްރީލް 2021 އާ ދެމެދު، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގެ 3 ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް   ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2    ފޯމު)" ޢާންމުކުރުން.

 

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

ނޯޓް

ގިނަ ވަގުތުގައި މަސައްކަތް ކުރެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3347329  ނުވަތަ  3347465 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.  ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާއި ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަން ކުރުމުގެ އުޞޫލާއި ގުޅޭ http://www.csc.gov.mv/dv/recruitment-usoolu) ) އިން ލިބެންހުންނާނެއެވެ.

03 މާރިޗު 2021
ހޯދާ