ހަންޏާމީދޫ ސްކޫލް، އދ. ހަންޏާމީދޫ
ދިވެހިރާއްޖެ
ކަރަންޓްގެ މައްސަލަ ހައްލުކޮށްދެވޭނެ އަގެއް ހޯދުން

މިސްކޫލަށް މިހާރު ދިމާވެފައިވާ ކަރަންޓްގެ މައްސަލަތައް ބަލައި އަމިއްލަ ތަކެތީގައި އެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްތައް ކޮށްދެވޭނެ އަގެއް ހޯދަން ބޭނުންވެއެވެ.

            މިމަސައްކަތުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކޮށްފައިވާ ފަރާތްތަކަށެވެ.  

މި މަސައްކަތާއިގުޅޭ މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ތިރީގައި މިދަންނަވާ ތާވަލާއި އެއްގޮތަށް މި ސްކޫލްގައެވެ.

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 މާރިޗު 10 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި  މިސްކޫލްގައެވެ.
  2. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2021 މާރިޗު 14 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.

      މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.

      19  ރަޖަބު   1442 ހ.

03 މާރިޗު 2021
ހޯދާ