މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ. މުލަކު ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުން.

މ. މުލަކު ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2021 މާރިޗު 03 ވާ ބުދަ ދުވަހުން ފެށިގެން 2021 މާރިޗް 14 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން [email protected] ނުވަތަ  [email protected]އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވުމަށްފަހު އީމެއިލް ކުރެއްވުން އެދެމެވެ.

 މި ޕްރޮޖެކްޓްގެ ޓެންޑަރ ޑޮކިއުމަންޓް ދޫކުރެވޭނީ ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތް ތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2021 މާރިޗް 25 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި މުލަކު ކައުންސިލްގެ އިދާރާ އަދި މިނިސްޓްރީ ހެލްތުގެ ޖަލްސާކުރާ މާލަމުގައެވެ.

މިމަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ވިޔަފާރި ރަޖިސްޓަރީ ކުރުމާއިބެހޭ ޤާނޫނު ނަންބަރ: 18/2014 ގެ 4 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުގެމަތީން މިނިސްޓރީއޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުން ހުށަހަޅާ ފޯމު ޤަބޫލުނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީ އަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

މި އިޢުލާނާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 2020 މާރިޗް  15 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ގެ ކުރިން [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

މި މަސައްކަތާއި ގުޅިގެން  މިއިދާރާގެ ނަންބަރ(IUL)364-B/364/2021/6  އިޢުލާނުން ހުޅުވާލި ފުރުސަތުގައި ހުށަހަޅާފައިވާ ބީލަންތަކުގެ އަގުބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާތިލް ކުރެވިފައިވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

03 މާރިޗު 2021
ހޯދާ