މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އޭސީތައް ސާވިސް ކޮށްދޭނެ ފަރާތެއް ހޯދުން؛

މި އިޢުލާންވަނީ 02 މާރިޗު 2021 23:03 ގައި ބާތިލް ކުރެވިފައެވެ.


މި ކޯޓުގެ އޭސީތައް ސާވިސް ކޮށްދޭނެ ފަރާތެއް ހޯދުން؛

 

 އަމިއްލަ ތަކެތީގައި މިކޯޓުގެ އޭސީތައް ސާވިސްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. ތިރީގައި އެވަނީ ސާވިސް ކުރަންޖެހޭ އޭސީ ތަކުގެ ތަފްސީލްއެވެ.

 

#

ބްރޭންޑް / ސައިޒް / ހުރިތަން

ދިމާވާ މައްސަލަ

1

SA-01 – GREE 24000 BTU

ފިނިނުވުން، އޭސީ ނުޖެހުން E5 އަރާފައި އިނުން، އައުޓްޑޯ ޔުނިޓްގެ އަޑުގަދަވުން

2

SA-02 – GREE 24000 BTU

ފިނިނުވުން، ފެންފޭބުން، އައުޓްޑޯ ޔުނިޓްގެ އަޑުގަދަވުން

3

SA-03 – GREE 24000 BTU

ފިނިނުވުން، ފެންފޭބުން، އައުޓްޑޯ ޔުނިޓްގެ އަޑުގަދަވުން

4

MR-01 – GREE 18000 BTU

އެއްވެސް ވަރަކަށް ފިނިނުވުން، އައުޓްޑޯ ޔުނިޓްގެ އަޑުގަދަވުން

5

CR-01 – GREE 18000 BTU

ފިނިނުވުން، އައުޓްޑޯ ޔުނިޓްގެ އަޑުގަދަވުން

6

WA-01 – GREE 18000 BTU

ފެންފޭބުން، އައުޓްޑޯ ޔުނިޓްގެ އަޑުގަދަވުން

7

COR-01 – GREE 18000 BTU

ފިނިނުވުން، އައުޓްޑޯ ޔުނިޓްގެ އަޑުގަދަވުން

 

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 ފެބުރުވަރީ 2021 ވަނަ ދުވަހުގެ 12:00 ގެ ކުރިން 6580284 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު ހަމައެދުވަހުގެ (04 ފެބުރުވަރީ 2021)  13:30 އަށް މިކޯޓަށް ޙާޟިރުވެ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. 

 އިތުރު މަޢުލޫމާތު

  1. އޭސީތައް ސާވިސް ކުރުމުގެ ތެރޭގައި އެއްވެސް އޭސީ އަކުން އިތުރު މައްސަލައެއް ފާހަގަ ވާނަމަ އެ ކަމެއް ހައްލު ކުރަންވާނީ އެމަސައްކަތް ކުރުމަށް ހުއްދަ ލިބިގެންނެއެވެ.
  2. ކޯޓޭޝަނުގައި މަސައްކަތް ކުރެވޭނެ އަގާއި މަސައްކަތުގެ މުއްދަތު ބަޔާންކޮށްފައި އޮންނަށް ވާނެއެވެ.
  3. މިކަމަށް ކުރިމަތިލަނީ ކުންފުންޏެއް (ޕާރޓްނަރޝިޕެއް) ނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަން ވާނެއެވެ. އަމިއްލަ ފަރާތަކުން ނަމަ، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ / އައިޑީކާޑު ހުށަހަޅަންވާނެއެވެ.
  4. މަސައްކަތް ހަވާލުކުރެވޭނީ މިމަސައްކަތް ކުރުމަށް އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށެވެ.
02 މާރިޗު 2021
ހޯދާ